
ލަންދޫ ގޮނޑި ޕީއެންސީއަށް, މަކުނުދޫ ގޮނޑި އަމިއްލަ ކެންޑިޑޭޓަށް!
ޑަބްލިޔު ޑީސީ ގޮނޑިތައްވެސް ޕީއެންސީއަށް
ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ބައި-އިލެކްޝަންގައި ލަންދޫ ކައުންސިލަށް އެމްޑީޕީ ކެންޑިޑޭޓް އަދި މަކުނުދޫ ކައުންސިލަށް އަމިއްލަ ކެންޑިޑޭޓް އިންތިޚާބުވެއްޖެއެވެ.
ލަންދޫ ކައުންސިލްގެ އަންހެން މެމްބަރެއް އިސްތިއުފާ ދިނުމުން ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރީ ޕީއެންސީގެ އާތިފާ މޫސާއެވެ. އެއީ 326 ވޯޓާއެކުއެވެ. ދެން ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ފާތިމަތު ރިޔާޝާ އަށް ލިބުނީ 289 ވޯޓެވެ. އިސްތިއުފާ ދިނީ އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި މެމްބަރެކެވެ.
މަކުނުދޫ ކައުންސިލުން ހުސްވި ގޮނޑިއަށް އިންތިޚާބުވީ އަމިއްލަ ގޮތުން ވާދަކުރި އިބްރާހީމް މުޙައްމަދެވެ. އޭނާ އަށް 333 ވޯޓް ލިބުނެވެ. ދެން ވާދަކުރި ޕީއެންސީގެ ނަޛްރާނާ އަލީ އަށް ލިބުނީ 304 ވޯޓެވެ.
މިއަދު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް ލިބުނީ ހަންޏާމީދޫ އާއި މިލަދޫ ގޮނޑިއެވެ. ބ.ގޮއިދޫ ގޮނޑިއާއި, ތ.ބުރުނި ގޮނޑި އާއި, ހދ.ހިރިމަރަދޫ ގޮނޑި އާއި, ނ.ފޮއްދޫ ގޮނޑި އާއި ތ.ބުރުނި ގޮނޑި އާއި ރ.އިންނަމާދޫ އަދި ލ.ގަން ގޮނޑި އާއި ގއ.ކަނޑުހުޅުދޫ ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީ ކެންޑިޑޭޓުންނެވެ.
ރިއެކްޝަންސް






