ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ލައިޓް ތަޅާލައިގެން ހައްޔަރުކުރި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ
މައްސަލައިގައި ހައްޔަރުކުރި މީހާ: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ލައިޓް ތަޅާލައިގެން ހައްޔަރުކުރި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ

10 days ago - 14:14
Advertisement

 

ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ލައިޓް ތަޅާލައިގެން ހައްޔަރުކުރި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ އެވެ.

ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަންގެ ހުޅަނގު ފަރާތު ދޮރުގެ ލައިޓް ތަޅާލި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ހ.ހެމަވެތި ޒައިދާން މުޙައްމަދު ޒާހިރު އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ފަތިހު 4:15 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ ޒައިދާން އަކީ ނުރައްކާތެރިކޮށް ސައިކަލް ދުއްވުމުން, އޭނާގެ ސައިކަލް ފުލުހުން ޓޯކޮށްފައިވާތީ ސައިކަލާ ހަވާލުވާން ޕޮލިސް ސްޓޭޝަނަށް ދިޔަ މީހެއް ކަމަށެވެ. އޭނާ ފުލުހުން ހައްޔަރުކޮށް ބަލާފާސްކުރިއިރު އޭނާގެ ޖިންސް ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ފުލުހުން ބުނީ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައިގެ އިތުރުން މަސްތުވާތަކެތި ގެންގުޅުނު މައްސަލައިގައިވެސް ފުލުހުން ތަހުގީގު ކުރަމުންދާކަމަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement