އަލިފާން ރޯވި ކެފޭ ހުރީ ބިދޭސީންގެ އެކޮމަޑޭޝަނާއެކު
އަލިފާން ރޯވި ސަރަހައްދުގައި ސިފައިންނާއި އެންޑީއެމްއޭގެ އޮފިޝަލުން ހަރަކާތްތެރިވަނީ: ފޮޓޯ-އެންޑީއެމްއޭ

އަލިފާން ރޯވި ކެފޭ ހުރީ ބިދޭސީންގެ އެކޮމަޑޭޝަނާއެކު

10 days ago - 18:00
Advertisement

މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ން ފަށައިފި އެވެ.

އަލިފާން ރޯވި ގ.ދޫހިމިރި ގޭގައި (ސޯސަންމަގު ކަންމަތި) ހިންގާ ކެފޭ އެއްގައެވެ. އެކެފޭގެ މަތޫގައި ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއް ހުރި ކަމަށް މައުލޫމާތު ލިބެއެވެ. ހާލުގައި ޖެހިފައިވަނީ އެތަނުގައި ދިރިއުޅޭ ފަރާތްތަކެވެ. ނަމަވެސް އެތަފްސީލް އެންޑީއެމްއޭ އިން އަދި ނުދެއެވެ. މިހާރު ނޫހުން ރިޕޯރޓް ކޮށްފައިވާ ގޮތުން އެތަނުގައި 50 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. ފުލުހުން ބުނީ މަގުމަތީގައި ތިބި ދެމީހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެއީ ބިދޭސީ އަންހެނަކާ ބިދޭސީ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

ސިފައިންގެ އިތުރުން ފުލުހުންވެސް އެތަނުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެންޑީއެމްއިން ވެސް ހާލުގައި ޖެހުނު ފަރާތްތައް ދެނެގަނެ އެހީތެރުވުމަށް އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުނީ 14:47 ގައި ކަމަށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement