ތިމާރަފުށްޓާއި ފޮނަދޫގައި ސިޓީ ހޮޓާ ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފި

ތިމާރަފުށްޓާއި ފޮނަދޫގައި ސިޓީ ހޮޓާ ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފި

16 hours ago - 09:41
Advertisement
Advertisement

ތ. ތިމާރަފުށްޓާއި ލ. ފޮނަދޫގައި ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޓޫރިޒަމުން ހުޅުވާލައިފިއެވެ. ރާއްޖޭގެ ފަތުރުވެރިކަން ލާމަރުކަޒީކޮށް، އަތޮޅުތަކުގެ އިޤްތިޞާދު ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ވެސް ވަނީ ހުޅުވާލާފައެވެ.


ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، ތިމާރަފުށީގައި ސިޓީ ހޮޓާ އެޅުމަށް ކަނޑައަޅާފައިވަނީ 26,480.67 އަކަމީޓަރުގެ ބިމެކެވެ. މި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަށެވެ. އަދި ހޮޓާ ޢިމާރާތްކޮށް ޚިދުމަތް ފެށުމަށްޓަކައި ބީލަން ކާމިޔާބުކުރާ ފަރާތަކަށް 2 އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބިގެންދާނެއެވެ. މީގެއިތުރުން، މި މަޝްރޫޢުގެ ލީސް އެކުއިޒިޝަން ފީގެ ގޮތުގައި 100,000 އެމެރިކާ ޑޮލަރު ދައްކަންޖެހޭއިރު، ރާއްޖޭގެ ބޭންކެއްގައި 25,000 އެމެރިކާ ޑޮލަރު ޑިޕޮޒިޓްކުރަން ޖެހެއެވެ.


ލ. ފޮނަދޫގައި ޓޫރިސްޓް ހޮޓާ ތަރައްޤީކުރުމަށް ނިންމާފައިވަނީ ތިން ބިމެއްގައެވެ. މި ބިންތަކުގެ ތެރޭގައި ހިމެނެނީ 32,129 އަކަފޫޓުގެ ބިމަކާއި، 33,801 އަކަފޫޓުގެ ބިމެއްގެ އިތުރުން 26,736 އަކަފޫޓުގެ ބިމެކެވެ.


މި ދެ ރަށުގެ މަޝްރޫޢުތަކާ ގުޅޭ ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަން ފޮތް ވިއްކުން ކުރިއަށްދާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.


އަދި މި މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ދެ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ބައްދަލުވުން ޑިސެމްބަރު 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބައްދަލުވުން އޮންނާނީ ޑިސެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.


މި ދެ މަޝްރޫޢުގެ ޕްރޮޖެކްޓަށް ވެސް ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ޖެނުއަރީ މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ދުވަހެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement