ޒުވާނުންގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި

ޒުވާނުންގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި

17 hours ago - 08:36
Advertisement
Advertisement

މި އަހަރުގެ ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން މިއަދު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ހާމަކުރި ގޮތުގައި 2025 އިން 2026 އަށް ދިނުމަށް ހަމަޖެހިފައިވާ ޒުވާނުންގެ އިނާމު، މުހިންމު 22 ދާއިރާއަކުން ދިނުމަށް ވަނީ ނިންމައިފަ އެވެ.

އިނާމު ދޭން ކަނޑައަޅާފައިވާ މައިގަނޑު ދާއިރާތައް:

  • ވިޔަފާރި އާއި އިގުތިސާދު
  • ކްރިއޭޓިވް އިކޮނޮމީ (ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަން)
  • އާޓްސް އެންޑް ކަލްޗާ (ފަންނުވެރިކަމާއި ސަގާފަތް ދިރުވުން)
  • މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް
  • ވޮކޭޝަނަލް ޓްރެއިނިން (ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުން)
  • ނަފްސާނީ ދުޅަހެޔޮކަން ބިނާކުރުން
  • ތިމާވެށި ރައްކާތެރިކުރުން
  • މިންތީގެ ހަމަހަމަކަން
  • ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުން
  • ދިވެހި ބަސް ދިރުވައި އާލާކުރުން
  • ދިރާސާ އާއި އާ އުފެއްދުންތައް
  • ފަތުރުވެރިކަން
  • ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާ
  • ކުޅިވަރު ކުރިއެރުވުން
  • ޒުވާނުންގެ ބާރުވެރިކަން
  • ދީނީ ހޭލުންތެރިކަމާއި މަސައްކަތް
  • ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުން
  • ދަރުމަވެރި މަސައްކަތް
  • މަސްވެރިކަން
  • ހަށިހެޔޮ ދުޅަހެޔޮ ސިއްހަތު
  • ދަނޑުވެރިކަން
  • ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

ގައުމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ދުވަހަކީ އޮކްޓޫބަރު 22 އެވެ. މި އިނާމަށް ހޮވޭ ފަރާތްތަކަށް ހާއްސަ އެވޯޑާއި ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އިނާމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ޒުވާނުންނާއި ޖަމިއްޔާތަކުން އަންނަ ޑިސެމްބަރު 31 ގެ މެންދުރުފަހު 1:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement