މެރިކަލްޗަރ ސިނާޢަތް ފުޅާކުރުމަށް ރާއްޖޭގެ 13 ސަރަޙައްދެއް ކަނޑައަޅައިފި

މެރިކަލްޗަރ ސިނާޢަތް ފުޅާކުރުމަށް ރާއްޖޭގެ 13 ސަރަޙައްދެއް ކަނޑައަޅައިފި

6 hours ago - 19:57
Advertisement
Advertisement

ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ދާއިރާ ވަކި ސިނާޢަތެއްގެ ގޮތުގައި އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ މަޤްޞަދުގައި، އެ މަސައްކަތަށް ޚާއްޞަކޮށްގެން 13 ސަރަޙައްދެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ. 

މެރިކަލްޗަރ ތަރައްޤީކުރުމަށް ކަނޑައެޅި ސަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ ތ. އަތޮޅުން 2 ސަރަޙައްދު، މ. އަތޮޅުން 3 ސަރަޙައްދު، ފ. އަތޮޅުން 2 ސަރަޙައްދު، ދ. އަތޮޅުން 2 ސަރަޙައްދު އަދި ގއ. އަތޮޅުން 1 ސަރަޙައްދެވެ. މީގެއިތުރުން ބޮޑު ތިލަދުންމައްޗާއި، ކ. މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ވަނީ މިކަމަށް ޚާއްޞަކޮށްފައެވެ. ސަރުކާރުން މިހާރު އަންނަނީ މި ސަރަޙައްދުތަކުގައި ވިޔަފާރި ކުރުމަށް ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުމަށް ތައްޔާރުވަމުންނެވެ.


މި ސިނާޢަތަށް ބޭނުންވާ ދިވެހިން ބިނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ "ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް" ހިންގަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން، ކުރިން އަހަރަކު 2 ފަހަރު ބާއްވަމުން އައި މި ތަމްރީނު ޕްރޮގްރާމް އަހަރަކު 4 ފަހަރަށް އިތުރުކޮށްފައިވާއިރު، މިއަހަރުގެ 4 ޕްރޮގްރާމް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެގޮތުން މިހާތަނަށް ޖުމްލަ 8 ކޯހެއް ހިންގައި، 102 ފަރާތެއް ވަނީ ދާއިރާއިން ތަމްރީނުކޮށްފައެވެ.


ސަރުކާރުގެ މެނިފެސްޓޯގެ ދަށުން މި ދާއިރާ ހަރުދަނާކުރުމަށް ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޢަމަލީ މަސައްކަތްތަކެއް ފަށާފައިވާއިރު، އަލަށް މި ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވަސީލަތްތައް ހޯދައިދިނުމާއި، މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ލުއި ގޮތްތަކެއްގެ މަތިން ބިމާއި ފަޅުތައް ދޫކުރުމުގެ އިންތިޒާމުވެސް ދަނީ ހަމަޖައްސަމުންނެވެ. މީގެ ތެރޭގައި "އެސްއެމްއީ ޑިޖިޓަލް" އާއި މަސްވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ހިންގާ މެރިކަލްޗަރ ސްކީމް ފާހަގަކޮށްލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement