މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އައު އުސޫލު އެކުލަވާލައި އާންމުކޮށްފި

މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އައު އުސޫލު އެކުލަވާލައި އާންމުކޮށްފި

8 hours ago - 18:09
Advertisement
Advertisement

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި އާންމުކޮށްފިއެވެ. މި އުސޫލަކީ މީޑިއާ ގްރާންޓުގެ ދަށުން ފައިސާ ލިބޭނެ މީޑިއާތައް ކަނޑައެޅުމުގެ މަސައްކަތް އެ ކޮމިޝަނާ ހަވާލުކުރުމާ ގުޅިގެން އެކުލަވާލާފައިވާ އުސޫލެކެވެ.


މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ކަންކަން މީޑިއާ ކޮމިޝަނާ ހަވާލުކުރީ، މީގެ ކުރިން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ފައިސާ ދޫކުރާނެ މީޑިއާތައް ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ. އަދި މި މަސައްކަތް ކޮމިޝަނާ ހަވާލުކުރުމަށްފަހު، އެ ވުޒާރާއިން ކުރިން އެކުލަވާލި އުސޫލު މިހާރު ވަނީ ބާތިލްކޮށްފައެވެ.


ކޮމިޝަނުން އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން، މާލީ އެހީއަށް އެދޭ މީޑިއާއަކީ ރަޖިސްޓްރީކޮށްގެން ހިންގާތާ އެއް އަހަރު ވެފައިވާ މީޑިއާއަކަށް ވާންޖެހެއެވެ. އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވާންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.


މީގެއިތުރުން، މީޑިއާ ގްރާންޓަށް އެދޭ ފަރާތްތަކުން މުވައްޒަފުންނަށް މުސާރަ ޖަމާކުރާކަން އަންގައިދޭ ބޭންކު ސިޓީއެއް އަންނަ އަހަރުން ފެށިގެން ހުށަހަޅަންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މީގެ ކުރިން މި ގްރާންޓުގެ ދަށުން ފައިސާ ލިބިފައިވާ މީޑިއާއެއް ނަމަ، އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލު މާލީ ބަޔާނެއް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.


އައު އުސޫލުގެ ދަށުން، އެއް ފަރާތަކުން ނުވަތަ މައި ކުންފުންޏަކާއި އޭގެ ސަބްސިޑިއަރީ ކުންފުނިތަކުން އެއް މީޑިއާއަށް ވުރެ ގިނަ ވަސީލަތް ހިންގި ނަމަވެސް، މާލީ އެހީ ދޫކުރާނީ އެ ފަރާތަކުން އިހުތިޔާރުކުރާ އެންމެ މީޑިއާއަކަށެވެ. ކޮންމެ މީޑިއާއަކުން އެއް އެޕްލިކޭޝަން ހުށަހެޅޭއިރު، އެ ފަރާތްތަކަށް ގިނަވެގެން އިހުތިޔާރު ކުރެވޭނީ ބޭނުންކުރާ ދެ މީޑިއަމް ނުވަތަ ދެ މަންސައެވެ.                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement