މާޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރަނީ

މާޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރަނީ

މި އަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފުލުހުނާއި ސިފައިންގެ މުސާރަ ބޮޑު ކުރެވޭނެކަން މާލީ ވުޒާރާއިން އެ ދެ އިދާރާއަށް އަންގައިފި

8 months ago - 22:32
Jan 3, 2024 - 23:48
Advertisement

މި އަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފުލުހުނާއި ސިފައިންގެ މުސާރަ ބޮޑު ކުރެވޭނެކަން މާލީ ވުޒާރާއިން އެ ދެ އިދާރާއަށް އަންގައިފިއެވެ.

ފުލުހުންގެ މުސާރަ ބޮޑުކޮށްދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް މީޑިއާއަކުން ފެތުރި ހަބަރަކާގުޅިގެން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ކުރި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ މާޗު އެއްވަނަ ދުވަހުން ފެށިގެން ފުލުހުނާއި ސިފައިންގެ މުސާރަ ބޮޑު ކުރެވޭނެކަން މާލީ ވުޒާރާއިން އެ ދެ އިދާރާއަށް އަންގާފައިވާކަމަށެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު  ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް މުއިއްޒު ވަނީ އިންތިހާބު ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނަ ބޮޑު ކުރާނީ ފަސް އަހަރުގެ ދައުރަށް ބަހާލައިގެން ކަމަމުގައިވެސް ވިދާޅުވެފައެވެ.

Advertisement

"ދެގުނައަކީ މިހާރު އޮންނަ ވަރު ޑަބަލް ވުން، ދެން އެކަން ކުރަން އަޅުގަނޑު ހުށަހަޅާ ގޮތަކީ އަޅުގަނޑުމެންނަށް އެގޭ ރާއްޖޭގެ އިޤްތިސާދު އޮތް ހާލަތު، އެ އިޤްތިސާދު ނަގާ ކޮޅަށް ޖަހަން އެބަޖެހޭ، އެ އިޤްތިސާދު ނަގާ ކޮޅަށްޖަހާއިރު އެކަން ކުރެވޭ ގޮތަށް ކުރާނީ،" ސެޕްޓެމްބަރުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަށް ބޮޑުކުރައްވާނެ ކަން އިއްުލާން ކުރައްވާފައިވާއިރު ސިވިލްސަރވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްވެސް މިއަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ ހިމަނާފައެވެ. 

އެގޮތުން ބޮޑު ކުރެވޭ މުސާރައަށް 500 މިލިއަން ރުފިޔާ ވަނީ ފާސްކޮށްފައެވެ. އެހެން ނަމަވެސް ސިވިލްސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމެއް މިހާތަނަށް އެއްވެސް ފަރާތަކުން ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement