ބިންވެރިޔާ ސްކީމްގެ ދަށުން ބިންލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ބިންލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ ފަށައިފި

"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓަރީ އާއި ބިން ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން އިއްޔެ ފަށައިފި އެވެ.

8 months ago - 10:49
Jan 4, 2024 - 13:02
Advertisement

މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލު ކޮށްފައި ނުވާ މީހުން އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލު ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން  އަންގައިފިއެވެ.

ގޯތި ލިބުނު މީހުންނަށް ރަޖިސްޓަރީ އާއި ބިން ހަވާލު ކުރުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަކި ހިސާބަކަށް ގެންދިއުމަށް ފަހު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެ މަސައްކަތް އޮތީ މަޑުޖައްސާލައިފަ އެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ.

އަދި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ގުޅައިގެންނާއި އެސް.އެމް.އެސްގެ ޒަރިއްޔާއިން ހާޒިރުވާނެ ތާރީޚާއި ގަޑި އާއި ތަން އަންގާނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެތަންތަން ހިއްކުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ގުޅީފަޅާއި ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އަދި ނިމިދިޔަ ސަރުކާރުން އެތަންތަނުން ދޫކޮށްފައިވާ ގޯތިތައް އެހެން އެއްވެސް ތަނަކަށް ބަދަލުނުކުރައްވާނެ ކަމަށްވެސްވަނީ ވިދާޅުވެފައެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައި 13،000 މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި އެވެ. އޭގެ ތެރެއިން 4،000 މީހުންނަށް މިވަގުތު ހުރި ފްލެޓުތައް ދޭން ނިންމުމުން އެތައް ބަޔަކު ހިތްހަމަ ނުޖެހި 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަން ހުއްޓުވައިފައި އެވެ.

އަދި އެ ކޮމިޝަނުން އަންނަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ހުށަހަޅާ ޕޯޓަލް އަށް އެކްސެސްވެ ހުރި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ.

އަދި ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement