އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކޮށްފާނެ؟

އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކޮށްފާނެ؟

އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަ ކުރުމުގެ މަސައްކަތް ފަށައިފިވާ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

8 months ago - 11:25
Jan 4, 2024 - 12:47

އަލަށް ގެންނަ ބަދަލުތަކާއެކު އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލު އަންނާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު  ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މޯލްޑިވިއަންގެ ޓިކެޓްތައް ހުރީ ބޮޑު އަގެއް ގައި ކަމަށް ގަބޫލު ކުރައްވާ ކަމަށައި  އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެއެވެ. 

އެތެރޭގެ އުދުހުންތަކަށް ނަގާ އަގު ބޮޑުވުމަކީ އަބަދުވެސް ރައްޔިތުންގެ މެދުގައި އޮންނަ ބޮޑު ޝަކުވާ އެކެވެ.

އެ މައްސަލަ ހައްލު ކޮށް ދިނުމަށް ރިޔާސީ އިންތިހާބު ގައި ކެންޑިޑޭޓުން ވައުދުވެވަޑައިގަންނަވަ އެވެ. 2018 ވަނަ އަހަރު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތީ ވެސް އެ ވައުދާ އެކު އެވެ. ނަމަވެސް ވައުދާއި އެއްގޮތަށް މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު އޮތީ ކުޑަ ދުވަސް ކޮޅަކުއެވެ. އަނެއްކާވެސް ކުރީގެ އަގަށް ބަދަލުވެ، ބައެއް ސަރަހައްދުތަކަށް ކުރީން ހުރި މިންވަރަށް ވުރެ ދަތުރުގެ އަގު ބޮޑު ކުރި އެވެ.

Advertisement

ސަރުކާރުން މިހާރު ވަނީ އައިލެންޑް އޭވިއޭޝަންގެ މަތިފަޑި ބަދަލުކޮށް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައި ކަމަށާ އަލަށް ގެންނަ ބަދަލުތަކާއެކު އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލު އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ގެނެވެން ހުރި ބަދަލުތައް ގެނައުމުގެ މަަސައްކަތް ވަރަށް އަވަހަށް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރ އަމީން ވިދާޅުވި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow