ޖޫނިއަރ ހޭންޑްބޯލް ރެފްރީން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކުގައި ހިންގަނީ

ޖޫނިއަރ ހޭންޑްބޯލް ރެފްރީން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކުގައި ހިންގަނީ

ޖޫނިއަރ ހޭންޑްބޯލް ރެފްރީން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކުގައި ހިންގަން ތައްޔާރު ވެއްޖެ

8 months ago - 13:45
Jan 4, 2024 - 15:13

ޖޫނިއަރ ހޭންޑްބޯޅަ ރެފްރީން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކުގައި ހިންގަން ތައްޔާރު ވެއްޖެއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ހޭންޑްބޯޅަ އެސޯސިއޭޝަން އަދި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ހިންގުމަށް ހަޖެހިފައިވާ ޖޫނިއަރ ހޭންޑްބޯލް ރެފްރީން ތަމްރީނުކުރުމުގެ ޕްރޮގްރާމް އޮންނާނީ މި މަހުގެ 15 އިން 25 ގެ ނިޔަލަށް ފުވައްމުލަކުގައި ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދެއްވިއެވެ. 

ފުވައްމުލަކު ސިޓީ ކައުންސިލުން މިހާރު ވަނީ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރުމުގެ ފުރުސަތު ހުޅުވާލާފައެވެ. 

އެސިޓީގެ ސިޓީ ކައުންސިލުން ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެއިވާ ފަރާތްތަކުން 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. 

Advertisement

މިއީ ފުވައްމުލަކު ސިޓީ ކައުންސިލުން، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮއް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށާއި ފުވައްމުލަކު ޒުވާނުންނަކީ ޚާއްސަކޮށް އަންހެން ކަނބަލުންނަކީ  ހޭންޑްބޯޅަ އަށް ވަރަށް ޝައުގުވެރިވާ ފަރާތްތަކެއްކަން އެކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.  

އެގޮތުން މި ކޯސް ވެގެންދާނީ ފުވައްމުލަކުގެ އަންހެން ކަނބަލުންގެ ތެރެއިން ހޭންޑްބޯޅަ ރެފްރީކަމަށް ޝައުގުވެރިވާ ފަރާތްތަކައް ހުޅުވިގެންދާ ރަނުގެ ފުރުސަތަކަށް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވިއެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow