13000 ކިލޯމީޓަރު ކަޑައްތުކޮށް ރޮނާލްޑޯގެ ސަޕޯޓަރެއް ބައިސްކަލުގައި ސައުދީއަށް
ސަޕޯޓަރަކު ކްރިސްޓިއާނޯ ރޮނާލްޑޯއާ ބައްދަލުކުރަން ބައިސްކަލެއްގައި 6 މަހާއި 20 ދުވަސްވަންދެން ދަތުރުކޮށް ސައުދި އެރޭބިއާއަށް ދަތުރުކޮށްފިއެވެ. ޗައިނާއިން ފެށި މިދަތުރުގައި އޭނާ ވަނި 13,000 ކިލޯމީޓަރު ކަޑައްތުކޮށް އެންމެ ފަހުން އޭނާގެ ރޯލް މޮޑެލް, ކްރިސްޓިއާނޯ ރޮނާލްޑޯ އާ ބައްދަލުކޮށްފައެވެ.
އަލް ނަޞްރުގެ ހެޑްކުއާޓާޒްގެ ބޭރުގައި ރޮނާލްޑޯ ވަނީ އޭނާ އާ ބައްދަލޮކޮށް އޭނާ ގެނައި އަލް ނަޞްރުގެ ރޮނާލްޑޯގެ ޖަރސީގައި އޮޓޯގްރާފްވެސް ދީފައެވެ. ރޮނާލްޑޯ އާއެކު އޭނާ ނަގާފައިވާ ފޮޓޯތައް މިހާރު އިންޓަނެޓްގައި ވައިރަލް ވެފައިވާއިރު ރޮނާލްޑޯގެ ސަޕޯޓަރުންދަނީ އޭނާގެ މި އޯގާތެރި އަމަލަށް ތަޢުރީފް ކުރަމުންނެވެ.
2023 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ސައުދި އެރޭބިއާގެ ކްލަބް އަލް ނަޞްރަށް ބަދަލުވި ރޮނާލްޑޯއަށް މިހާރު 39 އަހަރުވެފައިވާއި އޭނާގެ ކެރިއަރު ނިންމާލާނެ ކަމަށް ބެލެވެނީވެސް އަލް ނަޞްރުގައެވެ. އަލް ނަޞްރަށް ރޮނާލްޑޯ ކުޅެދިން 79 މެޗުން 72 ގޯލް ކާމިޔާބުކޮށްފައިވާއިރު, މުޅި ކެރިއަރުގައި ރޮނާލްޑޯ ޖެހި ގޯލްގެ އަދަދު ވަނީ 907 ށް އަރާފައެވެ. ސައުދީ ޕްރޯ ލީގުގައި އަލް ނަޞްރު މިހާރު އޮތި 17 ޕޮއިންޓާއެކު ތިންވަނަ މަޤާމްގައެވެ.
ޗައިނާއިން ފެށި ދަތުރުގައި ރޯނާލްޑޯއާ ހަމައަށް ދެވެންދެން ގިނަ ގޮންޖެހުންތަކެއް ސަޕޯޓަރާ ކުރިމަތިވިއެވެ. އެގޮތުން މޫސުމީ އުނދަގޫތަކާއި, ފިޒިކަލް އުނދަގޫ ތައް ހިމެނެއެވެ. ނަމަވެސް ހިތްވަރާއެކު އޭނާގެ އުއްމީދި ހާސިލްކުރަން ދަތުރުކުރީއެވެ.
ރިއެކްޝަންސް