ދައުލަތުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ 50 ފަގީރުން ހޮވައިފި
ހައްޖަށް ގެންދާނެ ފަގީރުން ހޮވުމަށް ގުރުއަތުލުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދައުލަތުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ 50 ފަގީރުން ހޮވައިފި

1 year ago - 16:44
Mar 11, 2025 - 16:49
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް، މިއަހަރު ދައުލަތުގެ ޚަރަދުގައި ޙައްޖަށް ފޮނުވާނެ 50 ފަގީރުން ހޮވައިފިއެވެ.

ކުރީ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް އެފުރުޞަތު ލިބޭ މީހުން ހޮވާފައިވަނީ ގުރުއަތުންނެވެ. މި ގުރުއަތުލުން ބާއްވާފައި ވަނީ އިސްލާމީ މަރުކަޒުގައެވެ.

ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ޙައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއަޒުގެ ރިޔާސީ ވަޢުދެކެވެ. އެ ވަޢުދުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރުއެވެ.

ފަގީރުންގެ ގޮތުގައި ހައްޖަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ، ޝަރުތު ހަމަވާ ފަރާތްތައް އެކަނިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. 

މިފަހަކަށް އައިސް އުސޫލެއްގެ ގޮތުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހައްޖަށް މީހުންގެންދިއުމަށް ލިބެނީ 1000 ހައްޖު ކޯޓައެވެ. މިދިޔަ އަހަރުން ފެށިގެން މި ކޯޓާތަކަށް މީހުން ހައްޖަށް ގެންދަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ. 

މިއަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަސް މީލާދީގޮތުން ދިމާވަނީ ޖޫން މަހުގެ 5ވަނަ ދުވަހާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement