ވިލިމާލެއާއި ހުޅުމާލޭގައި އެއްފުރާޅަކުން ޚިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމް ކުރާނަން- ރައީސް
ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލްގައި: ފޮޓޯ-ރައީސް އޮފީސް

ވިލިމާލެއާއި ހުޅުމާލޭގައި އެއްފުރާޅަކުން ޚިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމް ކުރާނަން- ރައީސް

ހުޅުމާލެ އަށް 22 ސްކޫލް ބޭނުންވޭ

1 month ago - 14:50
Aug 11, 2024 - 21:22
Advertisement

ބްރިޖަކުން ގުޅުނަސް ވިލިމާލެއާއި ހުޅުމާލޭގައި އެއްފުރާޅަކުން ޚިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މާލެ ސިޓީ ކައުންސިލްގައި, އެކައުންސިލާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޓީކައުންސިލްގެ އެކްޝަން ޕްލޭންގައިވެސް އެކަން ހިމެނޭނެ ކަމަށެވެ. އެއީ ޓްރެފިކްގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ވިލިމާލެއާއި ހުޅުމާލޭގައި ގާއިމް ކުރާ މަރުކަޒުން އައިޑީކާޑް ހެދުމާއި, ޕާސްޕޯރޓް ހެދުންފަދަ ދުވަހުން ދުވަހަށް މާލެ އައިސް ހޯދަން ޖެހޭ ޚިދުމަތްތައް ލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ މޭޔަރު ކަމުގައި އެކަމަށް ވިލިމާލެއިން އިމާރާތެއް ހަމަޖެއްސެވި ކަމަށެވެ. އެކަމަށް ބޭނުންވާ އިމާރާތެއް އަޅަން ކައުންސިލް ބަޖެޓް ތަން ނުދޭނަމަ އެކަމާ ގުޅޭ މިނިސްޓްރީއާ ވާހަކަ ދައްކައިގެން އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ ހިމަނަށް އެދިވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި ސިޓީ ތަކާބެހޭ ވަޒީރު އާދަމް ޝަރީފްވެސް އިންނެވިއެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ އެފަދަ މަރުކަޒެއް ދެ އަވަށުގައި ގާއިމް ކުރެވުމުން ބްރިޖް ބޭނުންކުރަން ޖެހޭ ސަބަބުތައް ވަރަށް ބޮޑަށް މަދުވެ, ޓްރެފިކް މައްސަލައަށް ވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން ރައީސް ވިދާޅުވީ ހުޅުމާލޭގެ ތިން ފިޔަވައްސަށް މިހާރު ހުރި ސްކޫލްތަކާއެކު 22 ސްކޫލް ހުންނަން ބޭނުންވާ ކަމަށެވެ. މިދައުރުގެ ތެރޭގައި ދިހަ ވަރަކަށް ސްކޫލް އަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement