އާރުޑީސީގެ ކުރީގެ މެނޭޖްމަންޓަށް ކުރި ތުހުމަތުތައް ދޮގުކޮށްފި
އާރުޑީސީގެ އޭރުގެ ވެރިން ތުހުމަތުތައް ދޮގުކުރައްވަނީ: ފޮޓޯ-އެމްޑީޕީ

އާރުޑީސީގެ ކުރީގެ މެނޭޖްމަންޓަށް ކުރި ތުހުމަތުތައް ދޮގުކޮށްފި

161 މިލިއަން ރުފިޔާ ހޯދަން ނޫޅޭތީ ކަންބޮޑުވުން ފާޅުކުރި

1 month ago - 12:54
Aug 11, 2024 - 21:21
Advertisement

އާރުޑީސީގެ ކުރީގެ މެނޭޖްމަންޓަށް, މިހާރުގެ މެނޭޖްމަންޓުން ކުރި ތުހުމަތުތައް ދޮގުކޮށްފި އެވެ. އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތުހުމަތުތައް ދޮގުކުރެއްވީ މިދިޔަ ސަރުކާރުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) އާއި އޭރުގެ ޗީފް ފައިނޭސް އޮފިސަރ ޔާސިރު ހަސަން އެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ދޮގުކުރެއްވީ ލިޔެކިޔުން ނެތި މިދިޔަ ސަރުކާރުގައި އެކުންފުނިން 161 މިލިއަން ރުދިޔާ ދޫކުރި ކަމަށް މަޖިލިހުގެ ކޮމިޓީގައި ދެއްކެވި ވާހަކައެވެ. މިހާރުގެ މެނޭޖްމަންޓުން ދެއްކެވި އެވާހަކަ ދޮގުކުރައްވާ މޫކޭ ސުވާލުކުރެއްވީ އެފައިސާ ހޯދަން ނޫޅެނީ ކީއްވެތޯ އެވެ. އެއީ އެކުންފުނީގެ ގާތްގަނޑަކަށް 8 މަހުގެ މުސާރަކަން ފާހަގަކުރައްވާ ވިދާޅުވީ އެވަރުގެ އަދަދެއް ލިޔެކިޔުން ނެތި ދޫކުރިއިރުވެސް ސުވާލެއްވެސް ކޮށްނުލާތީ ކަންބޮޑުވާ ކަމަށެވެ. ދައުލަތް އޮވެ, މަޖިލިސް އޮވެ އެފައިސާއަށް ވީގޮތް ހޯދަން ނޫޅެނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދިއެވެ.

ކުރީގެ ސީއެފްއޯ ޔާސިރު ހަސަން ވިދާޅުވީ އާރުޑީސީގައި ކުރީގެ މެނޭޖްމަންޓުން ގާއިމްކުރި ސިސްޓަމްގެ ތެރެއިން އެފައިސާއަށް ވެފައި އޮތްގޮތެއްވެސް ސާފްވާނެ ކަމަށެވެ. ޑިލީޓް ކުރިނަމަވެސް އެކަން ހޯދާ ބެލޭނެކަމަށް ވިދާޅުވިއެވެ. އެކަމަކު ސިސްޓަމްގެ ތެރެއިން ހޯދަން ނޭންގުމަކީ ވެދާނެ ގޮތެއްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސޮފްޓްވެއާގެ އޮޑިޓެއް ހަދަންވެސް އެދިވަޑައިގަންނަވާނެ ކަމަށެވެ.

ޔާސިރު ތުހުމަތު ކުރެއްވީ 161 މިލިއަން ރުފިޔާގެ ތުހުމަތަކީ އާރުޑީސީގެ ކުރީގެ ވެރިންގެ އެކައުންޓަށް މިލިއަނުން ޕެޓީކޭޝްގެ ގޮތުގައި ފައިސާ ޖަމާކުރިކަމުގެ ތުހުމަތު ސާބިތުނުވުމުން އަޅުވާ އާތުހުމަތެއްގެ ކަމަށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement