ޣާޒާގެ ސްކޫލަކަށް ދިން ހަމަލާ ރައީސް ކުށްވެރި ކުރައްވައިފި
ހަމަލާދިން ފަލަސްތީނުގެ ސްކޫލް: ފޮޓޯ-އޭޕީ

ޣާޒާގެ ސްކޫލަކަށް ދިން ހަމަލާ ރައީސް ކުށްވެރި ކުރައްވައިފި

ހަމަލާގައި 100 އަށްވުރެ ގިނަ މީހުން މަރުވި

1 month ago - 11:02
Aug 11, 2024 - 11:23
Advertisement

ޣާޒާގެ ސްކޫލަކަށް އިޒުރޭލުން ހަމަލާދީ 100 އަށްވުރެ މީހުން މަރާލުމުން އެކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ. 

ހޮނިހިރު ދުވަހު އިޒުރޭލުގެ އަލް-ތާބިން ސްކޫލަށް އިޒުރޭލް ސިފައިން ދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން މަރުވިކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ވަނީ ބުނެފައެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އަނެއްކާވެސް ސީދާ ފަލަސްތީނުގެ ސްކޫލަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށެވެ. އެހަމަލާގައި އަންހެނުންނާއި ކުޑަކުދިން މަރާލާފައިވާ މަންޒަރުތަކަކީ ބިރުވެރި މަންޒަރުތަކެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އޮކްޓޯބަރު މަހު އިޒްރޭލުން ހަމަލާތައް ފެށިފަހުން 39,000 އަށްވުރެ ކުށެއްނެތް ފަލަސްތީން ރައްޔިތުން މަރާލާފައިވާތީ ރައީސް އެކަން ކުށްވެރި ކުރެއްވިއެވެ. އިޒުރޭލުން ހަމަލާތައް ހުއްޓާލަން އެއްބާރުލުން ނުދޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކަކީ އިންސާނީ ހައްގުތަކާބެހޭ ޤާނޫނުތަކާ ހިލާފް ހަމަލާތަކެއް ކަމަށެވެ. 

ބައިނަލްއަޤްވާމީ މުޖުތަމައުން އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅާ, އިޒްރޭލް ޒިންމާދާރުކޮށް ފަލަސްތީނުގެ ކުށެއްނެތް ޢާއްމުން ރައްކާތެރި ކުރުމަށް ރައީސް މުއިއްޒު ގޮވާލެއްވިއެވެ. އެހަމަލާ ކުސްވެރިކޮށް ދިވެހި ސަރުކާރުގެ ފަރާތުން, ފޮރިންގ މިނިސްޓްރީންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އިޒްރޭލުން ތުހުމަތު ކުރަނީ ސްކޫލްތަކުގައި ހަމާސްގެ މުޖާހިދުން ތިބި ކަމަށެވެ. ނަމަވެސް ހަމާސްއިން ވަނީ އެކަން ދޮގުކޮށްފައެެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement