ކުޅުދުއްފުށީ އޮޑިހަރުގެއަކާއި ގުދަނަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ އޮޑިހަރުގެއަކާއި ގުދަނަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި

60 minutes ago - 09:14
Advertisement
Advertisement

ހދ. ކުޅުދުއްފުށީ އޮޑިހަރުގެއަކާއި، ގުދަނަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ދެ މީހުންކަމަށެވެ. އެއީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، މުޙައްމަދު ނަބީލް އަޙްމަދު (27އ) އެވެ. 

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސީބު އާދަމް ފަސްދުވަހަށް އަދި މުޙައްމަދު ނަބީލް އަޙްމަދު 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައި ކަމަށެވެ. 

އަދި އެ މީހުން ވަގަށްނެގި ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާއާއި، ކަރަންޓު ކީހާއި، ކަޓްއޮފްއާއި، ޓޫލް ބޮކްސްތަކަކާއި ކަރަންޓު ނަރުތަކެއްގެ އިތުރުން ކަރަންޓު އެހެނިހެން ސާމާނު ހިމެނޭކަމަށާއި، މި ތަކެތީގެ އަގު 80،000 ރުފިޔާ އަށްވުރެ ބޮޑުވާނެކަމަށް ލަފާކުރެވޭކަމަށް ފުލުހުން ބުންޏެެވެ.

މި ތަކެތި ފުލުހުން ހޯދާފައިވާއިރު، އެތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތްތައްދަނީ ކުރަމުންކަމަށް ފުލުހުން ބުންޏެވެ. 

 

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement