
މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ ޚިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.
މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
" ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން." މީޑިޔާއާއި އެކުންފުނިން ހިއްސާކުރި މެސެޖްގައި ވިދާޅުވިއެވެ.
ކަރަންޓްގެ ޚިދުމަތް އަލުން ދޭން ހޭދަވާނެ ވަގުތެއް ސްޓެލްކޯއިން ނުބުނެއެވެ. މިއީ މިއަހަރު މުޅި މާލެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު ދެވަނަ ފަހަރެވެ.
ރިއެކްޝަންސް






