އީސީގެ ރައީސް ފުއާދުގެ ދައުރު ހަމަވަނީ, އާ މެމްބަރަކު ހޮވުމަށް ކުރިމަތިލާން ހުޅުވާލައިފި
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ, ކޮމިޝަނަށް މެމްބަރަކު ހޮވުމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ ބުރާސްފަތި ދުވަހުއެވެ. އެފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
ކުރިމަތިލާ ފަރާތްތަކުގެ ފޯމް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލައިގަންނަނީ އެމުއްދަތުގެ ތެރެއިން ބަންދު ނޫން ދުވަސް ތަކުގައި ހެނދުނު 8:30-12:00 އަށެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސްގެ މަގާމްގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވަނީ މިއަހަރުގެ ނޮވެމްބަރު މަހުއެވެ. ފުއާދު މަގާމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރު އެވެ.
ރިއެކްޝަންސް