ހީނާމާގޭ ޕާކިންގ ސަރަހައްދުން 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ހީނާމާގޭ ޕާކިން ސަރަހައްދުން 5 ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި / ފޮޓޯ: އިމިގްރޭޝަން

ހީނާމާގޭ ޕާކިންގ ސަރަހައްދުން 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

1 year ago - 22:40
Mar 23, 2025 - 22:41
Advertisement
Advertisement

މާލޭގެ ހީނާމާގޭ ޕާކިންގ ސަރަހައްދުގައި ޤަވާއިދާއި ޚިލާފަށް އުޅެމުން ދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުންވިދާޅުވީ ޤަވާއިދާހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ރޭގައި މާލޭގެ ހީނާމާގޭ ޕާކިންގ ސަރަހައްދުގައި އުޅެމުންދިއަ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި ރެއިޑު އޮޕަރޭޝަނެއްގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅުނު 05 ބިދޭސީން އެއިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން މިފަދަ ޕޯސްޓެއްކޮށްފައިވާ އިރު އެ އިދާރާގެ ފަރާތުން ދަނީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންގެންދާ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދިވެހި ފުލުހުންނާއި ގުޅިގެން މިފަދަ އޮޕަރޭޝަންތައް ހިންގާ ގިނަ އަދަދެއްގެ ބިދޭސީން ވަނީ އެއިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މީގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކޮށްލައިފައި ވެސް ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement