ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރާއިލްގެ ދިދަ ނަގާ އެތަނުގައި ވަޒަންވެރިވާނެކަމަށް އިޒްރާއިލްގެ މާލީ ވަޒިރު ބުނެފި
އިޒްރާއިލްގެ ކަނާތުފިޔައިގެ ސަޙްޔޫނީ މިނިްސްޓަރު ސްމޮޓްރިޗް: ފޮޓޯ: ސީއެންއެން

ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރާއިލްގެ ދިދަ ނަގާ އެތަނުގައި ވަޒަންވެރިވާނެކަމަށް އިޒްރާއިލްގެ މާލީ ވަޒިރު ބުނެފި

2 days ago - 18:32
Mar 23, 2025 - 18:52

އިޒްރާއިލްއިން ހިޞާރުކޮށްފައިވާ ފަލަޞްޠީނުގެ ހުޅަނގު އައްސޭރީގައި އިޒްރާއިލްގެ ދިދަ ނަގާ, އެތަނުގައި އިޒްރާއިލްއިން ވަޒަންވެރިވާނެ ކަމަށް އިޒްރާއިލްގެ ކެބިނެޓް މިނިސްޓަކު ބުނެފިއެފެ. އޭނާ މިހެން ބުނިއިރު އިޒްރާއިލްގެ ސަލާމަތީ ކެބިނެޓްއިންވަނީ ހިފާފައިވާ ހުޅަނގު އައްސޭރިގައި ޔަހޫދީން ވަޒަންވެރިވުމަށް އިތުރު 13 ސަރަހައްދެއް ހެދުމަށް ފާސްކޮށްފައެވެ. 

މި ޕްލޭން އިއުލާން ކުރުމާއެކު ފަލަސްޠީނުގެ މިނިވަންކަމާ ދެކޮޅަށް ކުރާ މަސައްކަތްތަކަށާއި ބައިނަލްއަގުވާމީ ޤާނޫނުތަކާއި މުއާހަދާތަކަށް ގޮންޖަހާ އިޒްރާއިލްގެ މާލީ ވަޒިރު ދެއްކި ވާހަކަތަކަށް ދުނިޔެއިން ދަނީ ފާޑު ކިޔަމުންނެވެ.

މާލީ ވަޒީރު, ބެޒަލެލް ސްމޮޓްރިޗް އަކީ އިޒްރާއިލްގެ ކަނާތު ފިޔައިގެ ދީނީ ޕާޓީގެ އިސްވެރިޔާއެވެ. އަދި އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓްގެ އެންމެ މުހިއްމު އެއްފަރާތެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރީގެ ކަންކަން ކެބިނެޓްގެ ފަރާތުން ބަހަލއްޓަން ހުންނަ އެންމެ އިސް ފަރާތެވެ.

"ވަޒަންވެރިން އެސަރަހައްދުތަކުގައި އާބާދުވުމާއެކު އިޒްރާއިލްގެ ބައެއްގެ ގޮތުގައި އެތަން މިނިވަންވާނެ.ފިލާތިބެ އެމީހުންގެ ކިބައިން މާފަށް އެދުމުގެ ބަދަލުގައި އަހަރެމެންގެ ދިދަ އަހަރެމެން އެތާގައި ނަގާނަށް. އެތަނުގައި އާބާދުވެ އެތަނުގައި ވަޒަންވެރިވާނަށް" މީސްމީޑިއާގެ މަންސަ އެކްސްގައި ސްމޮޓްރިޗް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވެއެވެ.

Advertisement
Advertisement

ހުޅަނގު އައްސޭރީގައި އިޒްރާއިލްއިން އަލްޖަޒީރާ މަނާކޮށްފައި ވާތީވެ އުރުދުންގެ ވެރިރަށް އައްމާން އިން އަލްޖަޒީރާގެ ނޯރް އޮޑާ ރިޕޯޓްކުރިގޮތުގައި މިހާރުވެސް ހިފާފައިވާ ހުޅަނގު އައްސޭރީގެ ބޮޑު ބަޔަކުން ފަލަޞްޠީނުގެ ރައްޔިތުން ދަނީ ގިނަ އަދަދަކަށް ބައިބަޔަށް ނެރެމުންނެވެ. މިއަހަރުގެ ޖެނުއަރީން ފެށިގެން އެކަނިވެސް 44,000 އަށްވުރެ ގިނަ ފަލަޞްޠީނުގެ ރައްޔިތުން ވަނީ ހުޅަނގު އައްސޭރީގެ އެކިހިސާބުތަކުން ނެރެލާފައެވެ. އިއްޔެ އާއި ރޭ އެކަނިވެސް ހުޅަނގު އައްސޭރީގެ ތުލްކަރެމް ސަރަޙައްދުގައި ފަލަޞްޠީނުގެ މީހުން ދިރިއުޅޭ ގެތަކަށް އިޒްރާއިލްގެ އަސްކަރިއްޔާގެ ފައުޖުތަކުން ވަދެ ގަދަކަމުން މީހުން ނެރެފައިވާކަމަށް ނޯރް މައުލޫމާތު ދީފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow