ކަޝްމީރަށް ދިން ހަމަލާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ މަޞްރަހް ގޯސްވެ, ޑިޕްލޮމެޓިކް ގުޅުން ކުޑަކޮށްފި

ކަޝްމީރަށް ދިން ހަމަލާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ މަޞްރަހް ގޯސްވެ, ޑިޕްލޮމެޓިކް ގުޅުން ކުޑަކޮށްފި

ދެ ޤައުމުގެ މަތީ ފެންވަރުގެ ޑިޕްލޮމެޓުން އަނބުރާ ދިއުމަށް ވަނީ އަންގާފަ

2 months ago - 23:56
Apr 24, 2025 - 05:55

ސްރީ ނަގަރް, އިންޑިއާ (އޭޕީ) – އަންގާރަ ދުވަހު ކަޝްމީރުގެ އިންޑިއާ ފަޅިއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާ އިން ފާކިސްތާނާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކުޑަކޮށްފިއެވެ. މައި ބޯޑަރ ހުރަސްކޮށް އެއްގައުމުން އަނެއް ގައުމަށް ދިއުން ބަންދުކޮށްފައިވާއިރު, ދެ ޤައުމުން ފެން ހިއްސާކުރުމަށް ހަދާފައިވާ 'އިންޑަސް ވޯޓަރ ޓްރިޓީ' އެއްބަސްވުންވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

ބަޑިން ދިން ހަމަލާތަކުގައި 26 މީހަކު ވަނީ މަރުވެފައެވެ. އިންޑިއާއިން ވަނީ ހަމަލާ އާ ގުޅިގެން ޕާކިސްތާނުން އެކަމާ ޒިންމާވާންޖެހޭނެކަމަށްވެސް ބުނެފައެވެ.

އިންޑިއާއިން އެކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހާމަކުރީ ބުދަ ދުވަހު ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއެކު ބޭއްވި ހާއްސަ ސަލާމަތީ ކެބިނެޓް ބައްދަލުވުމަކަށްފަހު ފޮރިން ސެކްރެޓަރީ ޝްރީ ވިކްރަމް މިސްރީ ބޭއްވި ނޫސް ކޮންފަރެންސެއްގައެވެ.

މިސްރީ ވަނީ ވެރިރަށް ނިއުދިއްލީގައި ތިބި ޕާކިސްތާނުގެ ޑިޕްލޮމެޓުން އިންޑިއާ ދޫކޮށް ދިއުމަށް އަންގާފައިވާ ކަމުގައި ވެސް ވިދާޅުވެފައެވެ. އަދި ޕާކިސްތާނުގައި ތިބި އިންޑިއާގެ ޑިޕްލޮމެޓުންނަށްވެސް ވަނީ އަނބުރާ ޤައުމަށް އައުމަށް އަންގާފައެވެ. މީގެ އިތުރުން ޑިޕްލޮމެޓިކް އޮފިސަރުންގެ އަދަދުވެސް ވަނީ 55 ން 30 ށް ދަށްކޮށްފައެވެ. ނިއުދިއްލީގައި ހުންނަ ޕާކިސްތާނުގެ އެމްބަސެޑަރަށްވެސް ވަނީ އިންޑިއާ ދޫކޮށް ދިއުމަށް ހަފުތާއެއްގެ މުހުލަތު ދީފައެވެ.

Advertisement
Advertisement

ކޮންބައެއްކަން ނޭނގޭ ގޮތަށް ތިބި ބަޔަކު ދިން ބަޑީގެ ހަމަލާތައް އާމާޒުކޮށްފައިވަނީ އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ޓުއަރިސްޓުންގެ ގްރޫޕަކަށެވެ. ހަމަލާތަކުގައި އިތުރު 17 މީހުން ވަނީ ޒަހަމްވެފައެވެ.

އިންޑިއާއިން ވަނީ މި ހަމަލާއަކީ ޕާކިސްތާނުން ވާގިވެރިވާ ޓެރަރިސްޓް ޖަމާއަތަކުން ދިން ހަމަލާއެއް ކަމަށް ބުނެފައެވެ. ނަމަވެސް ޕާކިސްތާނުންވަނީ މި އިލްޒާމް ދޮގުކޮށްފައެވެ. އަދި ކަޝްމީރުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ ކަޝްމީރު އެތެރޭގައި މިނިވަންވުމަށް މަސައްކަތް ކުރާ ހަނގުރާމެވެރިންގެ އަމަލެކެވެ.

އިންޑިއާގެ ނިންމުންތަކާ ގުޅިގެން ޕާކިސްތާނުގެ ހާރިޖީ ވަޒީރު, އިޝާގް ދަރް ބުނެފައިވަނީ އެކަމާ ގުޅިގެން ޕާކިސްތާނުން ވަކި އެއްޗެއް ބުނާނީ ބޮޑުވަޒީރު ޝެހެބާޒް ޝަރިފް އާއެކު ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަތީ ފެންވަރުގެ ބައްދަލުވުމަށް ފަހުގައެވެ.

އިންޑަސް ޓްރިޓީ އަކީ ވޯލްޑް ބޭންކްގެ އެހީއާއެކު 1960 ގައި ދެގައުމު ހިއްސާކުރާ ކޯރުފެނުގެ ނިޒާމު ދެގައުމުން ހިއްސާކުރުމާ ބެހޭގޮތުން އެކުލަވާލާފައިވާ އެއްބަސްވުމެކެވެ. މިއީ ދެޤައުމަށްވެސް އިންތިހާއަށް މުހިއްމު, ޙާއްސަކޮށް ޕާކިސްތާނުގެ ދަނޑުވެރިކަމަށް މުހިއްމު ޓްރިޓީ އެކެވެ. މީގެ ކުރިން އިންޑިއާ އަދި ޕާކިސްތާނުގެ ދެ ނިއުކްލިއަ ހަނގުރާމަ އާއެކުވެސް ޓްރިޓީ ދެމިއޮތެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow