
އިންސާނީ އެހީއަށް ފެންބޮވައިގެންފައިވާ ޣައްޒާގެ ރައްޔިތުންގެ ތެރެއަށް ބަޑިޖަހާ 10 މީހަކު ޝަހީދުކޮށްލައިފި
އެމެރިކާ އާއި އިޒްރާއިލް އިން އެހީބެހުމަށް ހަދާފައިވާ ތަންތަނުގައި ޣައްޒާގެ ރައްޔިތުން ދަނީ ގަނަތަޅުވަމުން
އެމެރިކާ އާއި އިޒްރާއިލްއިން ޣައްޒާގައި އިންސާނީ އެހީ ބެހުމަށް ކަނޑަައަޅާފައިވާ ސަރަހައްދެއްގައި އެެއްވެފައި އޮތް ޣައްޒާގެ ރައްޔިތުންގެ ތެރެއަށް އިޒްރާއިލްއިން ދިން ބަޑީގެ ހަމަލާތަކުގައި ފާއިތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި 10 މީހުން ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާތައް އިޒްރާއިލްއިން ދީފައިވަނީ އެ ސްކީމްގެ ދަށުން އިންސާނީ ކަރާމާތް ގެއްލޭގޮތަށް އަމަލުކުރަމުންދާތީ އެކަން މުޅި ދުނިޔެއިން ކުށްވެރިކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޣައްޒާއިން ލިބި, ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި އިންސާނީ އެހީއަށް ފެންބޮފައިގެންފައިވާ ޣައްޒާގެ ރައްޔިތުންތިބީ ދަނގަޑު ކޮށިތަކެއްގެ ތެރޭގައި ލައިން ހަދުވާފައެވެ. އެއީ ޣައްޒާގައި އެމެރިކާ-އިޒްރާއިލް އިން ޤާއިމްކޮށްފައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ދެކުނު ރަފަޙް ގައި އެހީ ބެހި ސަރަހައްދުން އާންމުކޮށްފައިވާ ވީޑިއޯއެކެވެ.
"އިޒްރާއިލްގެ އަސްކަރިއްޔާއިން ވަނީ ހައިހޫނުކަމުގައި އެހީ ހޯދުމަށް ކިއޫ ދަމާލާފައިވާ ޣައްޒާގެ ރައްޔިތުންގެ ތެރެއަށް އެއްވެސް އިންޒާރު ދިނުމެއްނެތި ބަޑިޖަހާފަ" ބަޑީގެ ހަމަލާތަކުގައި 62 މީހަކު ޒަހަމްވެފައިވާކަށް ކަށަވަރުކޮށްދީ ޣައްޒާގެ ސަރުކާރު މީޑިއާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެހީ ބެހުމަށް ހަދާފައިވާ ތަންތަނަކި މަރުގެ ދަންތުރަ ތަކެއް ކަމަށެވެ. އަދި އިންސާނީ ކަރާމާތް ނަގަލާ އިޒްރާއިލް އަދި އެމެރިކާއިން އެ ހިންގަނީ ނުބައި ޖަރީމާއެއް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ރިއެކްޝަންސް






