އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ގުދުސްއަށް ފެރުތިދާނެ ކަމުގެ ބިރާއެކު އިޒްރާއިލްގައި ކުއްލި ހާލަތު އިއުލާންކޮށްފި
ތެލް އަވީވް އަށް ދާން އޮންނަ މައި ހައިވޭ ކައިރި އަނދަމުންދަނީ. ފޮޓޯ: އެކްސް

އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ގުދުސްއަށް ފެރުތިދާނެ ކަމުގެ ބިރާއެކު އިޒްރާއިލްގައި ކުއްލި ހާލަތު އިއުލާންކޮށްފި

1 day ago - 15:14
May 1, 2025 - 15:55

އިޒްރާއިލް އިން ހިފާފައިވާ ގުދުސްކައިރީގައި ބުދަ ދުވަހު ރޯވި އަލިފާންގަނޑު ނުނިވި, މުޅި ގުދުސްއަށް ފެތުރިދާނެ ކަމުގެ ބިރާއެކު އިޒްރާއިލްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ. އިޒްރާއިލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ޤައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު އަލިފާންގަނޑު ދަނީ ވެރިރަށް ތެލްއަވީވް އާ ދިމާއަށް ފެތުރެމުންނެވެ.  

އިއްޔެ އެންމެ ބޮޑަށް އަލިފާންގަނޑު ފެތުރުނު ސަރަހައްދުގައިވާ ގުދުސް އާއި ތެލް އަވީލް ގުޅުވާދޭ މައި ހައިވޭވެސް ބަންދުކޮށްފައިވާއިރު އަލިފާން ނިއްވުމުގައި އިޒްރާއިލްގެ ފަޔާ ފައިޓަރުންދަނީ ހަރަކާތްތެރި ވަމުންނެވެ. ރޯވި ސަރަހައްދާ ކައިރި އަވަށްތަކުގެ ގިނަ އަދަދެއްގެ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

އިޒްރާއިލްއިން ބުނި ގޮތުގައި އަލިފާން ނިއްވުމުގައި 12 މަތިންދާ ބޯޓު އަދި ފަރާ ފައިޓަރުންގެ 163 މީހަކު މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އިޒްރާއިލްގެ ރެސްކިއު އެޖެންސީގެ ފަރާތުން ވާހަކަ ދެއްކި މެގަން ޑޭދިޑް އެޑޮމް އާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން ދުމުގެ އަސަރުކޮށްގެން 23 މީހަކަށް މިހާތަނަށް ވަނީ ފަރުވާ ދީފައެވެ.

އިޒްރާއިލްގެ ޕަބްލިކް ބްރޮޑްކާސްޓަރު ބުނާގޮތުން ފަޔަރ ފައިޓަރުންގެ 17 މީހަކު މިހާތަށް އަލިފާނުގެ ހާދިސާގައި ވަނީ ޒަހަމްވެފައެވެ.

Advertisement
Advertisement

އިޒްރާއިލް ޓައިމް ބުނާގޮތުން ޔޫރަޕްގެ ބައެއް ގައުމުތައް ކަމަށްވާ އިޓަލީ އާއި ސައިޕްރަސްއިން މިހާރު 8 ފަޔަރ ފައިޓިން ބޯޓު ވަނީ އިޒްރާއިލްއަށް އެހީވުމަށް ފުރާފައެވެ. އެނޫހުން ބުނިގޮތުގައި ވައި އިންތިހާއަށް ގަދަވެ އަލިފާންގަނޑު ދަނީ ވެރިރަށް ތެލް އަވީވް އަ ދިމާއަށް ފެތުރެމުންނެވެ.

މިހާދިސާ އާ ގުޅިގެން އިޒްރާއިލްގެ މިނިވަންދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައްވެސް ވަނީ ކެންސަލް ކޮށްފައެވެ. އިޒްރާއިލް އިން މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 'ނަކްބާ" ގައި ފަލަޞްޠީނުގެ މީހުން އެމީހުންގެ ގެދޮތުން ނެރެލާ އެތަންތަނަށް އިޒްރާއިލްއިން ވެރިވެގަތް ދުވަހެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow