ސަރުކާރުން ދަނީ މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރަމުން, ތެދުވަން ޖެހޭ- ފައްޔާޒު
ފައްޔާޒު އިސްމާއީލް: ފޮޓޯ-އެމްޑީޕީ

ސަރުކާރުން ދަނީ މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރަމުން, ތެދުވަން ޖެހޭ- ފައްޔާޒު

2 months ago - 12:26
May 1, 2025 - 12:26

ސަރުކާރުން ދަނީ މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރަމުން ކަމަށާއި, އެކަމާ ދެކޮޅަށް ތެދުވަން ޖެހޭކަމަށް އެމްޑީޕީގެ ޗެއަރޕަސަން އަލްއުސްތާޛު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަކުންދާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ މަސައްކަތްތެރިންނަށް އަރިސްކުރަން ކުރެއްވި ޕޯސްޓްގައި ފައްޔާޒު ވިދާޅުވީ މޭ ޑޭއަކީ މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް އޭރު އޮތް ނުރައްކާތެރި މާހައުލެއްގައި ކުރެވުނު ހިތްވަރުގަދަ މަސައްކަތްތަކެއް ކަމަށެވެ. އެކަމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބުތައް ހަނދާންކޮށް ހައްގުތައް ހޯދަން ތެދުވަން ޖެހޭކަމަށް ފައްޔާޒު. ވިދާޅުވިއެވެ.

" އެ ހައްގުތައް ސަރުކާރު އިސްވެ ހަނިކުރަމުންދާ ދަނޑިވަޅެއްގައި، އެ ބޭއިންސާފު އަމަލުތަކާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތް ކުރުމުގެ އަޒުމް ކަނޑައެޅުމަށް ލިބޭ މުހިންމު ފުރުސަތެއް" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި މަސައްކަތްތެރިންގެ ވާހަކަ ދައްކައި، އެ ހައްގުތައް ފުޅާ ދާއިރާއެއްގައި ހޯދައިދިނުމަށް ވަކާލާތުކޮށްފައިވާ ޕާޓީއެއް ކަމަށެވެ. އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ މަސައްކަތްތެރިންނަށް ހައްގުވާ މިންވަރު ހޯދައިދީ ވަރުގަދަ އިގުތިސޯދެއް ބިނާކުރުމަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow