ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓް ނެގުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވައިފި
ބިލް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓް ނެގުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވައިފި

5 hours ago - 11:52
Jul 7, 2025 - 11:52

ސަރުކާރުން ހުށަހެޅުއްވި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓް ނެގުމުގެ ބިލްގެ ފުރަތަމަ ކިޔުން މިއަދު އިއްވައިފިއެވެ. މިބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙު އެވެ.

މިބިލްގައި ވަނީ ރައްޔިތުންގެ ފެންނަ ނުފެން ވޯޓް ނަގަން ޖެހޭ ކަންކަން ހިމަނުއްވާފައެވެ. ރައްޔިތުންގެ މެދުގައި ފެންނަ ނުފެން ވޯޓް ނަގަން ޖެހޭނެކަމަށް ބިލްގައި ބުނަނީ ރައްޔިތުންނާ ރައްޔިތުންނާ ގުޅޭ މުހިއްމު ކަންކަމުގައެވެ. ޤައުމީ މުހިއްމު މައްސަލަ ތަކާއި, ޤާނޫނު އަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެންނައިރުވެސް ވޯޓް ނަގަންޖެހޭނެކަމަށް ބަޔާންކޮށްފައި ވެއެވެ. އެމާއްދާތަކުގެ ތެރޭގައި ހިމެނެނީ އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ބާބާއި, ރައްޔިތުންގެ މަޖިލިހުގެ އުމުރާއި, ރިޔާސަތުގެ ދައުރާއި, ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤު ކުރުމާއި, ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައަޅާ ހާލަތުގައިވެސް ރައްޔިތުންގެ މެދުގައި ފެންނަ ނުފެން ވޯޓް ނަގަން ޖެހެއެވެ.

މަޖިލިހަށް ހުށަހެޅި ބިލްގައި ވާގޮތުން ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ނުކޮށް, އެކަން ރައްޔިތުންގެ މަޖިލިހަށް އަންގާ ހާލަތުގައި އެބިލަކަށްވެސް ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ޖެހެއެވެ.

މިފަދަ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައި މިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ބައެއް ކަންކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައި ވަނިކޮށެވެ. އޭގެތެރޭގައި ރިޔާސީ އިންތިޚާބުގެ އެއްބުރު ބޭއްވުމާއި, ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow