މެޑްލީން އަށްފަހު ފްރީޑަމް ފްލޮޓީލާގެ "ހެންޑާލާ" ޣައްޒާ ބްލޮކޭޑް ފުނޑާލުމަށް 13 ޖުލައިގައި ފުރަނީ
'ހެންޑާލާ

މެޑްލީން އަށްފަހު ފްރީޑަމް ފްލޮޓީލާގެ "ހެންޑާލާ" ޣައްޒާ ބްލޮކޭޑް ފުނޑާލުމަށް 13 ޖުލައިގައި ފުރަނީ

5 hours ago - 14:36
Jul 7, 2025 - 15:21

ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ) އިން ޣައްޒާގެ ކުޑަކުދިންނަށްޓަކައި އާ މިޝަންއެއްގައި ޣައްޒާ ބްލޮކޭޑް ފުނޑާލުމަށް 'ހެންޑާލާ' ކިޔާ ބޯޓްގައި ޖުލައި 13 ވާ އާދިއްތަ ދުވަހު ފުރުމަށް ތައްޔާރުވެއްޖެއެވެ. އެފްއެފްސީގެ ރަސްމީ އެކައުންޓްތަކުން ބުނި ގޮތުގައި ހެންޑާލާ ފުރުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ސިރަކޫސާއިންނެވެ.

އެފްއެފްސީން ބުނިގޮތުގައި އިޒްްރާއިލްއިން ޤާއިމްކޮށްފައިވާ ޣައިރުޤާނޫނީ ބްލޮކޭޑް އާ ޗެލެންޖް ކުރުމަށް ބޯޓް މިފަަހަރުވެސް ފުރާނީ ފުރާނަ ސަލާމަތްކުރަން ބޭނުންކުރާ އިންސާނީ އެހީގެ ތަކެއްޗާއެކުއެވެ. އަދި މިއީ ފަލަޞްޠީނުގެ ރައްޔިތުންނާއެކު ދުނިޔެ ތިބިކަމަށާއި, ފަލަޞްޠީނުގައި ހިންގާ ޖަރީމާތަކަށް ދުނިޔެ ހިމޭންނުކުރެވޭނެ ކަމުގެ މެސެޖާއެކު ދާ ބޯޓެއްކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއެފްސީގެ އާ މިޝަން ފެށުމަށް ތަައްޔާރުވަމުންދާއިރު މީގެ ހަފްތާތަކެއްކުރިން އިޒްރާއިލްއިންވަނީ 12 ފަޅުވެރިންނާއި އެކު އެއް މަޤްސަދެއްގައި ޣައްޒާއަށް ދަތުރުކުރި 'މެޑްލީން' ހިފަހައްޓާ އޭގެން ދަތުރުކުރި އެންމެން ވަަގަށްނަގައި, އެމީހުންގެ ނުރުހުމުގައި ހައްޔަރުކޮށް, އިޒްރާއިލްއަށް ގެންގޮސް އެއްބަަޔަކުޑީޕޯޓްކޮށްފައެވެ. 

ހެންޑާލާ އަކީ ފަލަޞްޠީނުގެ މަޝްހޫރު ކާޓޫނު ކެރެކްޓަރ ހެންޑެލާއަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ. އެއީ ފައިމަގުގައި އުޅޭ ނާއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖެހުމަށް އިންކާރުކުރި, ފަލަޞްޠީނު މިނިވަން ނުވަނީސް ދޫނުކުރާނެކަމުގައި އަޒުމުގައި ހުންނަ ފަލަޞްޠީނުގެ ރެފިއުޖީ ކުޑަކުއްޖެއްގެ ވާހަކަ ކިޔައިދޭ ކާޓޫނެކެވެ. މި ބޯޓަށް ހެންޑާލާގެ ނަމުން ނަންދިނީ އެކުއްޖާގެ ހިތްވަރުގަދަ ކަމުގެ ރަމްޒެއްގެ ގޮތުގައެވެ. ބޯޓްއިން ރަމްޒުކޮށްދެނީ އިންސާފު ނުލިިބި, އުފަލާ ރައްކާތެރިކަމުން މަޙްރޫމްކުރެވިފައިވާ ފަލަޞްޠީނުގެ ކޮންމެ ކުޑަކުއްޖެއްގެ ވާހަކައެވެ. 

Advertisement
Advertisement

"ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން. މިއީ އެކުދިންނަށްޓަކައި ކުރިއަށްގެންދާ މިޝަންއެއް. އަހަރެމެން މީ އެއްވެސް ސަރުކާރެއް ނޫން. އަހަރެމެން މީ ޣައްޒާއަށް އިންސާފު ހޯދައިދިނުމަށް ދުނިޔެ ފެއިލްވުމުން އެކަމާ ދެކޮޅަށް ތެދުވި ބައެއް" އެފްއެފްސީން ބުނެފައިވެއެވެ.

21 މަސްދުވަހުގެ ޤަތުލްއާންމުގައި އިޒްރާއިލްއިންވަނީ ޣައްޒާގެ 17,000ށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައެވެ. ހަނގުރާމައިގައި 38,000 ކުޑަކުދިން ޔަތީމްވެފައިވާއިރު 7000 ކުދިން ވަނީ ނުކުޅެދޭ ކުދިންނަށް ބަދަލުކޮށްފައެވެ. ކުޑަކުދިންގެ ޖުމްލަ އާބާދީ ތައުލީމުން މަޙްރޫމްކޮށް އެކަށީގެންވާ ކާނާއާއި ބޭސްފަރުވާއިންވެސް ވަނީ މަޙްރޫމްކޮށްފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow