ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވެ މޮންގޯލިއާގެ ބޮޑުވަޒީރު މަޤާމުން ވަކިކޮށްފި
މަގާމުން ދުރުކޮށްފައިވާ މޮންގޯލިއާގެ ބޮޑުވަޒީރު އޮޔޫން އެރްދޭން

ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވެ މޮންގޯލިއާގެ ބޮޑުވަޒީރު މަޤާމުން ވަކިކޮށްފި

އިތުބާރުނެތްކަމަށް ފާސްކުރުމުން ބޮޑުވަޒީރު ލަވްސަންނަމްސްރެއިން ވަނީ އިސްތިއުފާ ދެއްވާފަ

2 days ago - 15:12
Jun 3, 2025 - 15:19

ބޮޑުވަޒީރުގެ ކަރަޕްޝަން އިންތިހާއަށް ދިއުމާގުޅިގެން ހަފުތާތަކަކަށް ދެމިގެންދިޔަ މުޒާހަރާ ތަކާއެކު މޮންގޯލިއާގެ ބޮޑުވަޒީރު ލަވްސަންނަމްސްރެއިން އޮޔޫން-އެރެދޭންގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުން މަޤާމުން އިސްތިިއުފާ ދެއްވައިފިއެވެ.

އޮޔޫން-އެރްދޭން އިސްތިއުފާދެއްވާފައިވަނީ އަންގާރަ ދުވަހުއެވެ. ނަމަވެސް އޭގެ އެއްދުވަސްކުރިން މޮންގޯލިއާގެ ޤާނޫނުހަދާ މަޖިލީހުންވަނީ އޮޔޫން-އެރްދޭންގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައެވެ.

ރައްޔިތުންގެ ނުރުހުމާއި ހިތްހަމަނުޖެހުން ބޮޑުވަޒީރަށް އަމާޒުވެފައި މިވަނީ ބޮޑުވަޒީރާއި ބޮޑުވަޒީރުގެ އާއިލާއިން ރައްޔިތުންގެ ފައިސާއިން އިންތިހާ މުއްސަނދި ދިރުއުޅުއްވުމެއް އުޅުއްވަމުން ގެންދަވާތީއެވެ. އެކަމާ ދެކޮޅަށް ވެރިރަށް އުލާންބާތަރްގައި ކުރި މުޒާހަރާތައް ނުހުއްޓި ވަނީ މަޤާމުން ދުރުކުރަންދެން ކުރިއަށް ގެންގޮސްފައެވެ. 

"ދަތިކަމުގެ ތެރޭގައިވެސް އަަހަރެންގެ ޤައުމަށާއި ރައްޔިތުންނަށް ހިދުމަތްކުރަން ލިބުމަކީ ވަރަށްބޮޑު ޝަރަފެއް. އާލަމީ ވަބާ އާއި ހަނގުރާމަ އާ ޓެރިފް ގެ ތެރޭގައިވެސް" މަޖިލީހުގައި ނެގި ސިއްރު ވޯޓްގައި މަޤާމް ދިފާއުނުކުރެވުމުން އޮޔޫން-އެރްދޭން ބުނެފައި ވެއެވެ.

Advertisement
Advertisement

ވެރިކަމުގައި ހޭދަކުރެއްވި ހަތަރު އަހަރުގެ ތެރޭގައި ކަރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެކަމަށް މަޤާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. ވޯޓްގެ ކުރިން މަޖިލީހުގައި ދެއްވި ޙިޠާބުގައި މުޒާހަރާކުރާ ފަރާތްތަކުގެ އަޑިނޭނގޭ އެޖެންޑާއާ ބެހޭގޮތުން އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

އަދި އޭނާ މަޤާމުން ދުރުކޮށްފިނަމަ ޤައުމަށް އިޤްތިޞާދީ އަދި ސިޔާސީ ހަމަޖެހުމެއް ލިބެން ނެތްކަމަށްވެސް އޮޔޫން-އެރްދޭން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބޮޑުވަޒީރުގެ މިވާހަކަތަކަކީ އޭނާގެ މަޤާމް ދިފާއުކުރަން އެދެވޭ ކަމަކަށް ނުވިއެވެ.

ބޮޑުވަޒީރާ އެއްކޮޅަށް 44 މެމްބަރަކު ވޯޓް ދެއްވިއިރު މަޤާމުން ވަކިކުރުމަށް 38 މެމްބަރަކު ވަނީ ވޯޓް ދެއްވާފައެވެ. 126 މެމްބަރުން ތިއްބަވާ މޮންގޯލިއާގެ ޤާނޫނު ހަދާ މަޖިލީހުގެ 64 މެމްބަރުންގެ ތާއީދު ބޮޑުވަޒީރުގެ މަޤާމް ދެމެހެެއްޓުމަށް ބޭނުންވާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow