ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި އަކްރަމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
އަކްރަމް ކަމާލުއްދީން

ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި އަކްރަމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އިތުރު ތިން މީހަކަށް ދައުވާކޮށްދޭންވެސް އެދިފައިވޭ

2 days ago - 15:17
Jun 3, 2025 - 15:18
Advertisement
Advertisement

މިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި އެސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ.

ދައުވާކޮށްދޭން އެދުނީ މިދިޔަ ސަރުކާރުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި ހުރި މއ.އެވަރލާސްޓް، އަކްރަމް ކަމާލުއްދީންއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި ހއ.އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފްއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި މއ.ވިރާޙް، ޟިރުޢާމް ވަޙީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރި މއ.އިހާދޫ، އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ. ގެދޮރުވެރިޔާ ސްކީމްގެ ކަންކަން ބެލެހެއްޓެވުމުގައި އެންމެ އިސްކޮށް ހުންނެވީ އަކްރަމް ކަމާލުއްދީންއެވެ.

ހަތަރު ބޭފުޅުންގެ މައްޗަށްވެސް ދައުވާކޮށްދޭން އެދުނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކޮށްދިނުމަށެވެ. އޭސީސީން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން މި ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙުޤީޤުކުރަމުން ގެންދާ މައްސަލައިގެ ތަޙުޤީޤުގައި ހޯދާފައިވާ ހެކިޤަރީނާއިން އެނގޭ ކަމަށެވެ. އެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އޭސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިއަދުއެވެ.

އޭސީސީން ބުނީ މި މައްސަލައިގެ ތަޙުޤީޤުގައި ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ދެ މުއްއައްސަސާއިން ކުރަމުންދާކަމަށެވެ.

Advertisement
Advertisement

އަކްރަމްއާއި އެހެން ތިން ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދޭން އެދުނުއިރު އެބޭފުޅުން އިސްކޮށް ތިއްބަވާ އެކުލަވާލެއްވި ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ދޭން މިސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ. އެލިސްޓުން އުނިކުރާނީ ޝަރުތު ހަމަނުވާކަން ކަނޑައެޅިގެން ސާބިތުވާ ފަރާތްތައް ކަމަށް މިސަރުކާރުން ވަނީ ބުނެފައެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement