ޣައްޒާގެ ފުރަތަމަ އަންހެން މަސްވެރިޔާގެ ނަމުން ނަންދީފައިވާ 'މެޑްލީން' މިހާރު އޮތީ ކިހާ ހިސާބެއްގަ!
މެޑްލީން ދަތުރަށް ފަށަނިކޮށް ނަގާފައިވާ ފޮޓޯއެއް

ޣައްޒާގެ ފުރަތަމަ އަންހެން މަސްވެރިޔާގެ ނަމުން ނަންދީފައިވާ 'މެޑްލީން' މިހާރު އޮތީ ކިހާ ހިސާބެއްގަ!

އިންސާނީ އެހީ ހިފައިގެން 12 ފަޅުވެރިންނާއެކު ދަތުރުކުރާ ޔޮޓް ޣައްޒާއަށް ފޯރާނެކަމަށް ބެލެވެނީ ޖޫން 7 ގައި

2 days ago - 10:29
Jun 4, 2025 - 10:40

ޣައްޒާގެ ފުރަތަމަ އަދި ހަމައެކަނި އަންހެން މަސްވެރިޔާގެ ނަމުން ނަންދީފައިވާ 'މެޑްލީން' ޣައްޒާއަށް އިންސާނީ އެހީ ހިފައިިގެން ސިސިލީގެ ކެޓާނިއާ ބަނދަރުން 1250 މޭލު (2000 ކިލޯމީޓަރު)ގެ ދަތުރަކަށް ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ. 

ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ) އިން ވަނީ ޔޮޓްގެ ސަލާމަތަށްޓަކައި ޓްރެކް ކުރެވޭގޮތް ހަދާފައެވެ. ރޭ ޔޮޓްގެ މަތިން ޑްރޯންއެއްގެ ހިލަން ވެފައިވާކަމަށް ހަބަރުފެތުރިފައި ވެއެވެ.

ޔޮޓް އޮތް ސަރަހައްދު ލައިވްކޮށް މޮނިޓަރ ކުރާނީ  ފޮރެންސިކް އާކިޓެކްޗަރ އިންނެވެ. ޓްރެކަރ އިން ފެންނަ ގޮތުން ޔޮޓް އިއްޔެއާ ހަމައަށް  ސިސިލީގެ ބަނދަރާ 400 މޭލު (643 ކިލޯމީޓަރު) ދުރަށް ވަނީ ދަތުރުކޮށްފައެވެ. ޣައްޒާއަށް ފޯރުމަށް އަދި 850 އެއްހާ މޭލު އެބައޮތެވެ.

Advertisement
Advertisement

މީގެ ހަތްގަޑިއިރުކުރިން އެފްއެފްސީން ބުނީ  ޔޮޓް މިހާރު އޮތީ ގްރީސްގެ ކަނޑުގެ ސަރަހައްދާ 168 ކިލޯމީޓަރާ ދުރުން ބައިނަލްއަޤުވާމީ ކަނޑުގައި ކަމުގައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ކުރިން ޑްރޯންއެއް މެޑްލީންގެ މަތިން އުދުހުނު ކަމަށާއި ނަމަވެސް މިހާރު ޑްރޯން ފެންނަށް ނެތް ކަމަށެވެ. އަދި ފަހުން އެނގުނުގޮތުގައި އެއީ ހެލެނިކް ކޯސްޓްގާޑުގެ ޑްރޯން އެއް ކަމަށާއި އެންމެންވެސް ތިބީ ސަލާމަތުން ކަމުގައެވެ.

އެއެފްސީގެ ޔޮޓް މެޑްލީން އަކީ އިންސާނީއެހީއަށް އިޒްރާއިލްއިން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަމަށް ގެނައުމަށް އެ ކޯލިޝަންއިން ފެށި ދެވަނަ ދަތުރެވެ. ފުރަތަމަ ދަތުރަށް ފަށައިގެން ދަނިކޮށް މޯލްޓާކައިން ބައިނަލް އަޤުވާމީ ކަނޑުގެ ސަރަހައްދުން ވަނީ އިޒްރާއިލްގެ ދެ ޑްރޯން ހަމަލާއެއް އަރާ ދަތުރު ހުއްޓުމަކަށް އައިސްފައެވެ. އެފަހަރުގެ ހަމަލާގައި އެ ބޯޓްގެ ކުރީކޮޅު ހަލް އަށް ވަނީ ބޮޑެތި ގެެއްލުންތަކެއް ލިބިފައެވެ.

އިޒްރާއިލްއިން ޣައްޒާގައި ޤާއިމްކޮށްފައިވާ 'ބްލޮކޭޑް' ފުނޑާލާ އަސާސީ އިންސާނީ އެހީއާއެކު އެފްއެފްސީގެ ދެވަނަ އުޅަނދު މެޑްލީން ޣައްޒާއަށް އެދަނީ އިޒްރާއިލްއިން ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކާވެސް ދެކޮޅު ހެދުމުގެ ގޮތުންނެވެ. 

މެޑްލީން ދަތުރަށް ފެށި ފަހުން އިޒްރާއިލްއަށް ސަޕޯޓްކުރާ ބައެއް ފަރާތްތަކުން ވަނީ ޔޮޓް ކަނޑުވުމަށް އެދި ޕޯސްޓްތައް ކޮށްފައެވެ. އެގޮތުން އެމެރިކާގެ ސެނެޓަރު ލިންސޭ ގްރަހަމް އެކްސްގައި "ގްރޭޓާ އަށާއި އޭނާގެ ރަހްމަތްތެރިންނަށް ފަތަން އެގޭކަމަށް އުއްމީދުކުރާ ކަމަށް' ވެސް ލިޔެފައި ވެއެވެ.

2.3 މިލިއަން ޣައްޒާގެ ރައްޔިތުން ބަނޑަށް ބައިތިއްބާފައި ތިބޭތާ 3 މަސް ދުވަސް ވީފަހުން ގިނަ ޤައުމުތަކެއްގެ ފިއްތުންތަކާއެކު މަދު އަދަދެއްގެ އިންސާނީ އެހީ ޣައްޒާއަށް ވަނީ ވަދެފައެވެ. ނަމަވެސް އެހީ ލިބިގަތުމަށް ދާ ޣައްޒާގެ ރައްޔިތުންގެ ތެރެއަށްވެސް ބަޑިޖަހާ އެތައްބަޔަކު އިޒްރާއިލްއިން ދަނީ ކޮންމެ ދުވަހަކުވެސް މަރަމުންނެވެ. 

މެޑްލީންގައި ދަތުރުކުރަމުންދަނީ މަޝްހޫރި ތިމާވެށި އެކްޓިވިސްޓް ގްރޭޓާ ތަމްބާގްގެ އިތުރުން ޔޫރަޕްގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ރިމާ ހަސަން އަދި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފްރާންސްގެ ފަސް ރައްޔިތަކާއި, ޖަރުމަނު, ތުރުކީ, ސްޕެއިން, ނެދަލެންޑްސް އަދި ބްރެޒިލްގެ ރައްޔިތެކެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow