
ސައުދީގެ އަލް-ހިލާލްއަށް ނޫނެކޭ ބުނެ ބްރޫނޯ ފެނާންޑޭޒް މެންޗެސްޓަރ ޔުނައިޓަޑްގައި މަޑުކުރަނީ
މެންޗެސްޓަރ ޔުނައިޓަޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް ސައުދީ ޕްރޯލީގުގެ ކްލަބް އަލް-ޙިލާލްއިން ލިބުނު އަގުބޮޑު އޮފާ ދޫކޮށް ޔުނައިޓަޑްގައި މަޑުކުރަން ނިންމާފައިވާކަމަށް އޭނާ ބުނެފިއެވެ. ބްރޫނޯ ވަނީ އިއްޔެ މިކަން ޔަޤީންކޮށްދީފައެވެ.
ޕޯޗުގަލްގެ ނޫސްކޮންފަރެންސްގައި ބްރޫނޯ ބުނެފައިވަނީ އޭނާ ބޭނުންވަނީ 'ބޮޑެތި މުބާރާތްތަކުގައި' އޭނާގެ އެންމެ މަތީ ފެންވަރު ދައްކާލުމަށް ކަމަށެވެ.
"ތި ކުރާ ސުވާުލުތަކަށް އަހަރެން ޖަވާބު ދޭނަން. އޭރުން ދެން އެސުވާލުތައް އަހަންނަކަށް ނުކުރާނެތާ. އަލް-ހިލާލްއަށް ބަދަލުވުމުގެ ފުރުޞަތު އޮތް. އެ ކްލަބްގެ ރައީސް މީގެ މަހެއްހާ ދުވަސްކުރިން އަހަންނަށް ގުޅި. އަހަރެންގެ މުސްތަގުބަލާ ދޭތެރެ ގޮތެއް ނިންމަން ވަގުތުކޮޅެއް ނެގި. އެއީ ޔުނައިޓަޑުން އަހަރެން ބޭނުންވާނަމަ އަހަންނަށް އެދިމާލަށް ދީލާލަށް އަބަދުވެސް ފަސޭހަވާނެ. އަހަރެން ޔުނައިޓަޑްގައި މަޑުކުރުވަން އެންމެ ބޮޑަށް ބާރުއަޅާ, އަހަރެމެންގެ ކޯޗު އަމޮރިމް އާ އަހަރެން މަޝްވަރާކުރިން" ނޭޝަންސް ލީގު ސެމީ ފައިނަލްގައި ބުދަ ދުވަހު ޖަރުމަނާ ވާދަކުރުމުގެ ކުރިން ޕޯޗްގަލްއިން ބޭއްވި ނޫސް ކޮންފަރެއްންސް ގައި ބްރޫނޯ ބުންޏެވެ.
އޭނާ އިތުރަށްބުނީ ކްލަބުން (ޔުނައިޓަޑް) އޮތީ އޭނާ ވިއްކާ ގޮތަށް ނޫންކަމަށާއި, އަދި އޭނާ ކްބަލް ދޫކޮށްލަން ނިންމި ނަމަވެސް އެއީ މާލީ ކަމެއް ނޫންކަމަށެވެ. އެއީ އަލް-ހިލާލް އިން ލިބުނު އޮފާ އަކީ އެއަށްވުރެ ގިނަ ގޮތްގޮތުން ވަރަށް ރަނގަޅު އޮފާއެއް ކަމަށެވެ.
ބައެއް މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލް-ހިލާލްއިން ބްރޫނޯއަށް ވަނީ 100 މިލިއަން ޕައުންޑް (135 މިލިއަން ޑޮލަރު) ގެ ހުށަހެޅުމެއް ލިބިފައެވެ. ނަމަވެސް ޔުުނައިޓަޑް އާއެކު ހަދާފައިވާ އެއްބަސްވުން 2027 އަށް ހަމަވާ ބްރޫނޯ ނިންމީ ޔުނައިޓަޑްގައި މަޑުކުރާށެވެ.
ރިއެކްޝަންސް






