ފުޓްބޯޅަ ސީޒަން އަންނަ މަހު ފަށަން ނިންމައިފި
ދިވެހި ލީގު މެޗެއްގެ ތެރެއިން: ފޮޓޯ-އެފްއޭއެމް

ފުޓްބޯޅަ ސީޒަން އަންނަ މަހު ފަށަން ނިންމައިފި

ސީޒަން ފަށާނީ ސެޕްޓެމްބަރު 15 ގައ

5 hours ago - 10:39
Aug 6, 2025 - 10:40

ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ މަހު ފަށަން ނިންމައިފިއެވެ. އެފްއޭއެމްގެ އާ އެކްސްކޯއިން ބޭއްވި ދެވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ސީޒަން އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. ޗެރިޓީ ޝީލްޑް ތާވަލްކޮސްފައިވަނީ އަންނަ މަހު 15 އަށެވެ.

ރާއްޖޭގެ ލީގު ފަށާނީ އަންނަ މަހު 18 ވަނަ ދުވަހު އެވެ. ލީގުގައި 10 ޓީމް ވާދަކުރާނެއެވެ. ލީގުގައި ދެބުރު ކުޅޭނެއެވެ. ލީގުގައި ކުޅޭނީ ޖުމްލަ 90 މެޗެވެ. ލީގުގެ ގަދަ 6 ޓީމަށް ޖެހިގެން އަންނަ އަހަރުގެ މުބާރާތުން ޖާގަ ލިބޭނެއެވެ. އަދި 9 ވަނަ ޓީމާއި 10 ވަނަ ޓީމް ރެލިގޭޓް ވާނެއެވެ. 7 ވަނަ ޓީމާއި 8 ވަނަ ޓީމް ޖެހޭނީ ޕްރިމިއަރ ލީގު ކޮލިފިކޭބަންގައި ވާދަކުރާށެވެ. ކޮލިފިކޭޝަންގައި ދެން ވާދަކުރާނީ އަތޮޅު މުބާރާތް ކަމަށްވާ ނޯތް ލީގު, ސައުތް ލީގު, ސެންޓްރަލް ލީގު, އަދި މާލޭ ލީގުގެ ޗެމްޕިއަން ޓީމްތަކެވެ. އޭގެތެރެއިން ހަތަރު ޓީމަށް ދިވެހި ލީގުން ފުރުޞަތު ލިބޭނެއެވެ.

އަތޮޅު ފުޓްބޯޅަ މުބާރާތް ފަށަން ތާވަލްކޮށްފައިވަނީ އޮކްޓޯބަރު ފުރަތަމަ ދުވަހުއެވެ. ރީޖަނަލް މުބާރާތުގެ ގޮތުގައި ކުރިއަށްގެންދާ އެމުބާރާތް ވަނީ ސަރަހައްދުތަކަކަށް ބަހާލާފައެވެ.

އަންހެން ފުޓްބޯޅަ މުބާރާތްވެސް ޑިސެމްބަރު ފުރަތަމަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ. އަންހެން ޓީމްތަކެއް ނެތުމާއެކު އެމުބާރާތް ފަށަނީ ކުންފުނިތަކާއި, ރަށްތަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ.

Advertisement
Advertisement

އެފްއޭކަޕް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow