ރޮނާލްޑޯގެ އާ ބޮސް: އަލް-ނަޞްރުގެ ކޯޗަކަށް ސްޓެފާނޯ ޕަޔޯލީ ހަމަޖައްސައިފި
ޕަޔޯލީގެ އިރުޝާދުގެ ދަށުން އަލް ނަސްރު ޕްރެކްޓިސް ކުރިއަށް ގެންދަނީ: ފޮޓޯ-އަލް ނަސްރު

ރޮނާލްޑޯގެ އާ ބޮސް: އަލް-ނަޞްރުގެ ކޯޗަކަށް ސްޓެފާނޯ ޕަޔޯލީ ހަމަޖައްސައިފި

19 hours ago - 07:15
Sep 19, 2024 - 07:29

ސައުދީ ޕްރޯ ލީގުގެގެ ކްލަބް އަލް-ނަޞްރުގެ އާ ކޯޗަކަށް އޭސީ މިލާންގެ ކުރީގެ ކޯޗޮ ސްޓެފާނޯ ޕަޔޯލީ ހަމަޖައްސައިފި ކަމަށް އެ ކްލަބުން އިޢުލާންކޮށްފިއެވެ. 

ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުން ކުޅެމުން އަންނަ އަލް-ނަޞްރު ގެ ކުރީގެ ކޯޗަކީ ޕޯޗުގަލްގެ ލުއިސް ކާސްޓްރޯ އެވެ. އޭނާ ވަކިކޮށްފައި މިވަނީ ލީގުގައި މިފަހުން ދަށް ނަތީޖާތަކެއް ހޯދާފައި ވަނިކޮށެވެ. އަލް-ނަޞްރު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.

58 އަހަރުގެ ޕަޔޯލީ އަލް-ނަޞްރާ ގުޅުނީ 3 އަހަރު ދުވަހުގެ މުއްދަކަށެވެ. އިޓާލިއަން ސެރީ އޭގެ ޗެމްޕިއަންކަން 2021-2022 ސީޒަނުގައި އޭސީ މިލާނަށް ހޯދައިދިން ކޯޗު ޕަޔޯލީ ވަނީ އެސީޒަންގެ އެންމެ މޮޅު ކޯޗުގެ މަޤާމްވެސް ހޯދާފައެވެ.

ޕަޔޯލީ ވަނީ 2022-2023 ގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ރޮސޮނޭރީ (އޭސީ މިލާން) ގެންގޮސްދިނުމުގައިވެސް އެހީތެރިވެދީފައެވެ.

Advertisement

އިޓަލީގެ ޓީމުތަކާއެކު ޕަޔޯލީގެ ގިނަ ކޯޗިން ތަޖުރިބާތައް ހުރިއިރު އޭނާ މީގެކުރިންވަނީ ލާޒިއޯ އަދި ފިއޮރެންޓީނާ އަށްވެސް ކޯޗުކޮށްދީފައެވެ. ނަމަވެސް މިއީ ގައުމުން ބޭރުގައި ޕަޔޯލީގެ ފުރަތަމަ ކޯޗިން ތަޖުރިބާއެވެ.

މުޅިން އާ ފޯމެޓެއްގައި އޭޝިއަން ޗެމްޕިއަންސް ލީގުގައި ހޯމަ ދުވަހު އަލް-ނަޞްރުން ބަޣުދާދުގެ އަލް-ޝޯޓާ އާ ކުޅުނު މެޗު ވަނީ 1-1 ން އެއްވަރުވެފައެވެ. ހުކުރު ދުވަހު ސައުދީ ޕްރޯ ލީގުގައި ޕަޔޯލީގެ އިރުޝާދުގެ ދަށުން ކުޅޭ ފުރަތަމަ މެޗު އެޓީމުން ކުޅޭނީ އަލް-އެއްތިފާޤް އާ ދެކޮޅަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow