ޗެމްޕިއަންސް ލީގު: ސިޓީ އަށް އިންޓަ އަތުން ޕޮއިންޓެއް
ސިޓީއާ އިންޓަރ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-މެންޗއެސްޓަރ ސިޓީ

ޗެމްޕިއަންސް ލީގު: ސިޓީ އަށް އިންޓަ އަތުން ޕޮއިންޓެއް

19 hours ago - 07:28
Sep 19, 2024 - 07:28

ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު މެންޗެސްޓަރ ސިޓީއާ އިންޓަމިލާން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ. މިއީ މިސީޒަނުގައި ދެ ޓީމުންވެސް ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި ސިޓީއަށް މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ. މެދުތެރެއަށް ކުޅެމުން އަންނަ ކެވިން ޑީބްރޭނާ އަށް އަނިޔާވެ ހާފް ޓައިމްގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. ޑީބްރޭނާއަށް ލިބިފައި ވަނީ ކިހާވަރެއްގެ އަނިޔާއެއްކަން އަދި ވަޒަން ނުކުރެވޭ ކަމަށާއި އެކަމާ ކްލަބްގެ ޑޮކްޓަރާ މަޝްވަރާ ކުރާނެ ކަމަށް ކޯޗް ޕެޕް ގާޑިއޯލާ ވަނީ ބުނެފައެވެ. 

ނަމަވެސް ގާޑިއޯލާ ބުނީ އާދިއްތަ ދުވަހު ސިޓީގެ ދަނޑުގައި އެޓީމުން އާސެނަލް އާ ދޮކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނުމާ މެދު ޝައްކެވެ. ސިޓީއަށް ފުރަތަމަ މެޗުން ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް ގާޑިއޯލާ ބުނެފައިވަނީ ސިޓީ ދެއްކި ކުޅުމާމެދު އޭނާ ހިތްހަމަ ޖެހޭކަމަށެވެ. 

މެޗުގައި އިންޓަ މިލާނަށްވެސް ރަނގަޅު ފުރުޞަތުތައް ލިބުނެވެ. ދެވަނަ ހާފުގައި އިންޓަގެ ކުޅުން އިތުރަށް ރަނގަޅުކޮށް ގިނަ ހަމަލާތައް އުފެއްދޭތޯ މަސައްކަތްކުރިއެވެ. ސިޓިން ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުން އިކާ ގުންޑޮގަން އަށް މެޗުގެ ފަހުކޮޅު ރަނގަޅު ދެ ފުރުޞަތު ލިބުންނަމަވެސް ބޭނުންހިފޭގޮތެއް ނުވިއެވެ.

Advertisement

"އަހަރެމެންނަށް ކުޅެންޖެހުނީ ވަރަށް އުނދަގޫ ޓީމަކާ" 2022 ވަނަ އަހަރުން ފެށިގެން ޗެޕްޕިއަންސް ލީގު މެޗެއްގައި ގޯލެއް ނުޖެހި ނިންމާލަންޖެހުނު ފުރަތަމަ މެޗަށްފަހު ގާޑިއޯލާ ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow