އިހަވަންދިއްޕޮޅު ގައި ހިންގާ އުތުރު ގޭޓްވޭގެ މައި އޮފީސް އުލިގަމުގައި ހުޅުވައިފި
އުތުރުގޭޓްވޭ މައި އޮފީސް ހުޅުވައިދެނީ: ފޮޓޯ-އެމްޕީއެލް

އިހަވަންދިއްޕޮޅު ގައި ހިންގާ އުތުރު ގޭޓްވޭގެ މައި އޮފީސް އުލިގަމުގައި ހުޅުވައިފި

16 hours ago - 09:45
Advertisement

އިހަވަންދިއްޕޮޅު ގައި ހިންގާ އުތުރު ގޭޓްވޭގެ މައި އޮފީސް އުލިގަމުގައި ހުޅުވައިފި އެވެ. އުތުރު ގޭޓްވޭ (އައިއެސްޕީއެސް) ހުޅުވައިދެއްވީ އުލިގަމް ރިޓަޔަޑް މެޖިސްޓްރޭޓެއް ކަމަށްވާ އިދްރީސް އާދަމް އެވެ. އެއޮފީހުގެ ދިދަ ނަންގަވައިދެއްވީ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ވަޖީހު އެވެ.

އެއޮފީހުގައި އެމްޕީއެލްގެ އިތުރުން ކަސްޓަމްސްއާއި, އިމިގްރޭޝަން އަދި އެމްއެންޑީއެފްއަށް ވެސް ވަނީ ޖާގަ ކަނޑައަޅާފައެވެ. މީގެއިތުރުން ޑިޓެންޝަން ރޫމެއްވެސް އެތަނުގައި ހިމެނެއެވެ. އެއޮފީހުން 14 ޚިދުމަތެއް ދޭނެކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވިއެވެ.

އުތުރުގައި ފެށި ޚިދުމަތާއެކު އެސަރަހައްދުން ބަންކަރިންގެ ޚިދުމަތް ދޭނެއެވެ. މީގެއިތުރުން ކްރޫން ބަދަލުކުރުމާއި, ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި, ޑޮކިންގ ޚިދުމަތްވެސް ދޭނެއެވެ. އަދި ކުނި އުކައިދިނުމުގެ އިތުރުން ޓަގް ޚިދުމަތާއި, މެއިންޓަނަންސް ޚިދުމަތްވެސް އުތުރުގެ އެސަރަހައްދުން ފޯރުކޮށްދޭނެއެވެ.

"އަޅުގަނޑުމެން އެކަން ކުރާނީ އިންޓަރނޭޝަނަލް މާކެޓެއްކަން އިނގިތިބެ, ކޮމްޕެޓިޓިވް މާކެޓެއްކަން އިނގި ތިބެ, ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދީ ކަސްޓަމަރުން ހިތްހަމަޖެހޭ ގޮތަށް." ވަޖީހު ވިދާޅުވިއެވެ.

Advertisement

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވީ މެރިޓައިމްގެ ދާއިރާ ފުޅާކޮށް, އެއީ އިގްތިސާދަށް ބޮޑު މަންފާއެއް ލިބޭ ދާއިރާއަކަށް ހައްދަވާނެ ކަމަށެވެ. އެކަން މިފަސް އަހަރުގެ ދައުރުގެ ތެރޭގައި ހާސިލް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި މެރިޓަމް ދާއިރާގެ ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ. އޭގެތެރެއިން ތިން ޕްރޮޖެކްޓެއް އުލިގަމުގައި ހިންގަވާނެ ކަމަށް ވިދާޅުވިއެވެ.

އުލިގަމަކީ އަހަރެއްގެ ތެރޭގައި ވަރަށް ގިނަ ޔޮޓްތައް ބަނދަރު ކުރާ ރަށެކެވެ. އެކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ ޔޮޓްތަކަށް ޚާއްޞަ މެރީނާއެއް ގާއިމް ކުރައްވާނެ ކަމަށެވެ. މީގެއިތުރުން ޕެސެންޖަރ ލައިންތަކަށް ޚިދުމަތްދޭނެ ތަނެއް ގާއިމް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެފަދަ ތަނެއް ދެކުނާއި, މެދުރާއްޖެ ތެރޭގައިވެސް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

 

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement