އިތުރުވަގުތުގައި ޞަލާޙްގެ ޕެނަލްޓީއާއެކު ލިވަޕޫލް އަށް ބޮޑު ހިތްހަމަޖެހުމެއް
މުޙާއްމަދު ޞަލާޙް. ފޮޓޯ: ލިވަޕޫލް

އިތުރުވަގުތުގައި ޞަލާޙްގެ ޕެނަލްޓީއާއެކު ލިވަޕޫލް އަށް ބޮޑު ހިތްހަމަޖެހުމެއް

ލީގުގައި ކުޅުނު ހަތަރު މެޗުވެސް ލިވަޕޫލްވަނީ ކާމިޔާބުކޮށްފައި

4 hours ago - 22:00
Sep 14, 2025 - 22:14

އިނގިރޭސި ޕްރިިިމިއަރ ލީގުގައި މިރޭ ބާންލީއާ ވާދަކުރި މެޗުގެ ފަހުވަގުތު މުޙައްމަދު ޞަލާޙް ކާމިޔާބުކޮށްދިން ޕެނަލްޓީން 1-0 ލިވަޕޫލް މެޗު ކާމިޔާބުކޮށްފިއެވެ. މިއާއެކު ސީޒަންގައި މިހާތަނަށް ލިވަޕޫލް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެ, ތާވަލްގެ އެއްވަނައިގައި ލިވަޕޫލް އޮތީ ބޮޑު ހިތްހަމަޖެހުމަކާއެކުއެވެ.

މެޗުގެ އެންމެ ފަހު ވަގުތާހަމައަށް ހިތްވަރުކޮށް ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓާލުމަށްފަހު އިތުރުވަގުތުގައި ލިވަޕޫލްއަށް ލިބުނު ޕެނަލްޓީއާއެކު ބާންލީން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފެނިގެން ދިޔައެވެ. މުޅި މެޗުގައިވެސް ބާންލީގެ ފަރާތުން ލިވަޕޫލްގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. ނަމަވެސް މެޗުގައި ބާންލީގެ ކީޕަރުގެ ފަރާތުން ވަނީ ރަނގަޅު ދެ ސޭވެއް ފެނިގެން ގޮސްފައެވެ.

މެޗުގައި އިނގިރޭސި ރެކޯޑް ފީއަކަށް ދާދި ފަހުން ލިވަޕޫލް އާ ގުޅުނު އަލެންސަންޑަރ އިސާކް ބޭނުންކޮށްފައެއް ނުވެއެވެ.

އެޓީމުގެ އެލެކްސިސް މެކް-އެލިސްޓަރ އަށް މެޗުގައި އަނިޔާވެ ކުޅުމާ ދުރަށްގޮސްފައިވާއިރު އޭނާއަށް އަށް ފައުލްކުރި ބާންލީގެ ޑިފެންޑަރު ލެސްލީ އުގޮޝުކްވޫ ދެވަނަ ފަހަރަށް ފްލޯރިއަން ވާޓްޒް އަށް ކުރި ފައުލާ ގުޅިގެން މެޗުގެ 84 ވަނަ މިނިޓްގައިވަނީ ދެ ރީނދޫ ކާޑާއެކު ރައތްކާޑެއް ދައްކާ ދަނޑުން ފިޮނުވާލާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow