
ބުންޑަސްލީގާގައި ބަޔާނުގެ ފުރަތަމަ މެޗުގައި ކޭންގެ ހެޓްރިކާއެކު ތަފާތުބޮޑު މޮޅެއް
ފާއިތުވި ސީޒަންގެ ބުންޑަސްލީގާގެ ޗެމްޕިއަން ބަޔާން މިއުނިކުން މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައި އިނގިރޭސި ކެޕްޓަން ހެރީ ކޭން ހެޓްރިކް ހަދައިފިއެވެ. ރޭގެ މެޗުގައި އާރުބީ ލެއިޕްޒިގް ގެ މައްޗަށް ބަޔާނުން ކުރިހޯދީ 6-0 ގެ ތަފާފުބޮޑު ނަތީޖާއަކުންނެވެ.
ބަޔާނުން ގިނަ ގޯލްތަކެއް ޖެހިނަމަވެސް ފުރަތަމަ ފަހަރަށް ގޯލް ފޫއަޅުވާލަން ބަޔާނަށްވެސް ވަގުތު ނެގިއެވެ. ގޯލްގެ ފަހަތު ކަނަށް ފޮނުވާލި ބާރުގަދަ ބޯޅަ އާއެކު ބަޔާނުގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ މައިކަލް އޮލިސީއެވެ. ދެވަނަ ގޯލް ކާމިޔާބުކުރުމުގައި ސާޖް ނެބްރީ ބޮޑު ދައުރެއް އަދާކުރިއިރު އޭގެ ފަސް މިނިޓްފަހުން ލީޑު ފުޅާކޮށްދިނީ ލުއިޒް ޑިއަޒްއެވެ.
ފުރަތަމަ ހާފު ނިންމާލީ މި ތިން ކުޅުންތެރިންގެ ޓްރިއޯގެ ޖާދުލުންނެވެ. 42 ވަނަ މިނިޓްގައި ބަޔާންގެ ތިންވަނަ ގޯލްވެސް ކާމިޔާބުކޮށްދިނީ ނެބްރީ ތަނަވަސްކޮށްދިން ފުރުޞަތުގައި އޮލިސިއެވެ.
ކޭންގެ ޖާދު ދައްކާލީ މެޗުގެ ފަހު ހާފުގައެވެ. ލުއިޒް ޑިއަޒް ނަގައިދިން ކޯނަރު ގޯލްގެ ތެރެއަށް ފޮނުވާލައިގެން 64 ވަނަ މިނިޓްގައި ކޭންގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނެވެ. ގާތްގާތުގައި އިތުރު ދެ ގޯލް 74 އަދި 48 ވަނަ މިނިޓްގައި ކޭން އަނެއްކާވެސް ކާމިޔާބުކުރިއިރު މިފަހަރުވެސް ކޭން އަށް އެހީތެރވީ ލުއިޒް ޑިއަޒް އެވެ. ފަހު ގޯލް ކާމިޔާބުކުރަން މަގުފަހުކޮށްދިނީ ކިމް މިން-ޖާއެ އެވެ.
ރިއެކްޝަންސް






