ރޮނާލްޑޯގެ ގޯލާއެކު އަލް-ނަސްރު އަހަރު ނިންމާލީ ބޮޑު މޮޅަކުން

ރޮނާލްޑޯގެ ގޯލާއެކު އަލް-ނަސްރު އަހަރު ނިންމާލީ ބޮޑު މޮޅަކުން

ފަހުވަގުތު ރޮނާލްޑޯ ޖެހި ގޯލާއެކު އަލް-ނަސްރު މިއަހަރުގެ ފަހު މެޗު ބޮޑު މޮޅަކުން ނިންމާލައިފި

8 months ago - 09:13
Dec 31, 2023 - 09:15

މެޗުގެ ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލާއެކު ސައުދީ ލީގުގައި ރޭ އަލް-ނަސްރު ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބު ކޮށްފިއެވެ.

ސައުދީ ޕްރޯ ލީގުގައި އަލް-ތާވޫން އާ ދެކޮޅަށް ކުޅުނު މެޗު ނަސްރުން ކާމިޔާބު ކޮށްފައިވަނީ 4 ލަނޑު 1 ލަނޑުންނެވެ.

ގިނަބަޔަކު ހީކުރި ގޮތާ ޚިލާފަށް މި މެޗުގެ 13 ވަނަ މިނިޓުގައި ލަނޑު ޖަހައި ލީޑު ނެގީ އަލް ތާވޫނުންނެވެ. އެ ލަނޑު އެޓީމަށް ޖަހައިދިނީ އަޝްރަފް އަލް މަހްދީއު އެވެ.

އެހެން ނަމަވެސް އަލް- ނަސްރުޓީމުން ވަނީ އޭގެ 13 މިނިޓުފަހުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މާސެލޯ ބްރޮޒޮވިޗްއެވެ.

Advertisement

ނަސްރު ޓީމުން މެޗުގެ ލީޑު ނެގީ އައިމެރިކް ލަޕޯޓޭ 35 ވަނަ މިނިޓުގެ ޖެހި ގޯލުންނެވެ.

އަދި މެޗުގެ 50 ވަނަ މިނިޓުގައި އޮޓާވިއޯ ވަނީ ލަނޑެއް ޖަހައި ނަސްރަށް ލީޑު ފުޅާ ކޮށްދީފައެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އަލް ނަސްރު ކުޅުނު މި މެޗުގައި އެޓީމުގެ 4 ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.  

މި މެޗުގައި އަލް-ތާވޫނުން ވަނީ އިދިކޮޅު ގޯލަށް އަމާޒުކޮށް ނުރައްކާތެރި 8 ހަމަލާއެއް ފޮނުވާލާފައެވެ.

ރޭގެ މޮޅާއެކު އަލް ނަސްރު އޮތީ ސައުދީ ޕްރޯ ލީގުގެ ދެވަނައިގައި 46 ޕޮއިންޓާއެކުގައެވެ. އެއްވަނައި ގައި އޮތް ހިލާލަށް ލިބިފައިވަނީ 53 ޕޮއިންޓެވެ.

ރޭގެ މެޗުން ނަސްރު އަތުން ބަލިވި ތާވޫނު އޮތީ އެ ލީގުގެ 4 ވަނައިގައި 34 ޕޮއިންޓާއެކުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow