މިއަދު މުޅި ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ – މެޓް

މިއަދު މުޅި ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ – މެޓް

މިއަދު މުޅި ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ސަމާލު ވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފި

10 months ago - 08:11
Dec 31, 2023 - 08:11
Advertisement

މިއަދު މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ސަމާލު ވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް، މެޓް އޮފީހުން އިލްތިމާސް ކުރައްވައިފިއެވެ.

މެޓް އޮފީހުން ވިދާޅުވީ މިއަދުގެ ހެދުނުން ފެށިގެން މެންދުރާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ކަނޑުތައްވެސް ގަދަވުމާއެކު ކޯސްޓުގާޑާއި ފުލުހުންވެސް ވަނީ ކަނޑުދަތުރު ކުރުމުގައިވެސް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement