ފަލަސްޠީން ހަނގުރާމާ : ޣައްޒާގެ  1.5 މިލިއަން މީހުންގެ ގެދޮރު ގެއްލިއްޖެ
ޑިސެމްބަރު 30، 2023 ގައި އިސްރާއީލުން ޣައްޒާގެ މެދު ތެރޭގެ ޒަވައިދާ ސަރަހައްދަށް ބޮން އަޅާފައި، އަދި ފަލަސްތީނުން ސަލާމަތްވި މީހުން ހޯދަނީ [އޭއެފްޕީ]

ފަލަސްޠީން ހަނގުރާމާ : ޣައްޒާގެ 1.5 މިލިއަން މީހުންގެ ގެދޮރު ގެއްލިއްޖެ

އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ޣައްޒާގެ 70 އިންސައްތައަށްވުރެ ގިނަ ގެ ހަލާކުވެފައިވާ ކަމަށް ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.

7 months ago - 08:07
Dec 31, 2023 - 10:33

އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ޣައްޒާގެ 70 އިންސައްތައަށްވުރެ ގިނަ ގެ ހަލާކުވެފައިވާ ކަމަށް ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމަ ކުރިއަށް ގެންދަވާނެ ކަމަށް ވަޢުދުވެވަޑައިގަތުމާއެކު، އިޒްރޭލުގެ ކެބިނެޓްގެ  ބައްދަލުވުމެއް ބޭއްވެވުމަށްފަހު، ހަނގުރާމައިގައި ދެފަރާތުގެ ޤައިދީންނާއި ދެމެދު، ޤައިދީން ބަދަލުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

އިޒްރޭލަށް ހަތިޔާރު ވިއްކުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އަނެއްކާވެސް ކޮންގްރެސް ބައިޕާސްކޮށްފިއެވެ.

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ފާޑުކިޔަމުން ދިޔަ ނަމަވެސް ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ އިސްރާއީލަށް ހަތިޔާރު ވިއްކުން ކުރިއަށް ގެންގޮސްފަ އެވެ.[ފައިލް: އީވާން ވޫޗީ/އޭޕީ ފޮޓޯ]

ޣައްޒާގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ޢުދުވާނީ ހަމަލާތަކުގައި މިހާތަނަށް 21،672 މީހުން ޝަހީދުވެ، 56،165 މީހުން ޒަޚަމްވެފައިވެއެވެ. ހަމާސް އިން އިސްރާއީލަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 1،139 އަށް އަރާފަ އެވެ.

 މި ޢުދުވާނީ ހަމަލާތައް ކުރިޔަށްދާއިރު އަދިވެސް ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކުން ހަނގުރާމައާއި މެދު ބަހެއް ނުކިޔާވަނީ ނިދާފައެވެ. ނަމަވެސް ޔަމަނުން އިސްރާޢީލާއި ދެކޮޅަށް އަޑުއުފުލަމުން ގެންދެއެވެ. ޤައުމުތަކުގެ ސަރުކާރުތަކުން އަނގަބަންދުކޮށްގެން ތިބި ނަމަވެސް ރައްޔިތުންގެ އަޑު މި ޢުދުވާނީ ހަމަލާތަކާއި ގުޅިގެން ގުގުމާލާފައިވެއެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow