ކްލަބް ވޯލްޑްކަޕްގެ ސެމީގައި ޕީއެސްޖީ ސާބިތުކޮށްދިނީ އެއީ ދުނިޔޭގެ އެންމެ މޮޅު ކްލަބުކަން
މެޗަށްފަހު ޕީއެސްޖީގެ ކޯޘު ލުއިސް އެންރީކޭ. ފޮޓޯ: ސްކައި ސްޕޯޓްސް

ކްލަބް ވޯލްޑްކަޕްގެ ސެމީގައި ޕީއެސްޖީ ސާބިތުކޮށްދިނީ އެއީ ދުނިޔޭގެ އެންމެ މޮޅު ކްލަބުކަން

ރެއާލް މެޑްރިޑް ބަލިކުރީ 4-0 ން

10 hours ago - 08:49
Jul 10, 2025 - 09:06

ރޭ ކުޅުނު ފީފާ ކްލަބް ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި 4-0 ން ރެއާލް މެޑްރިޑް ބަލިކޮށް ޕެރިސް ސެއިންޓ-ޖެމައިން (ޕީއެސްޖީ) ން އެއީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކްލަބްކަން ސާބިތުކޮށްދީފިއެވެ އާދިއްތަ ދުވަހު އޮންނަ ކްލަބް ވޯލްޑްކަޕް ފައިނަލްގައި ޕީއެސްޖީ ބައްދަުކުރާނީ ޗެލްސީ އާއެވެ.

މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން ވަނީ މެޗުގެ ފުރަތަމަ 24 މިނިޓްގެ ތެރޭގައި ނަތީޖާ 3-0 ށް ބަދަލުކޮށްލާފައެވެ. މެޗުގެ އެންމެ ހަވަނަ މިނިޓްގައި ރެއާލްއަށް ލީޑު ނަގައިދިނީ ފަބިއަން ރުއިޒްއެވެ. އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުޞަތުގައި ލީޑު ނެގިތާ ދެ މިނިޓްފަހުން ޑެމްބެލޭ ވަނީ އަނެއްކާވެސް ރެއާލްގެ ގޯލް ފޫއަޅުވާލާ ނަތީޖާ 2-0 ށް ބަދަލުކޮށްލާފައެވެ.

އަޝްރަފް ހަކީމީގެ އެހީތެރިކަމާއެކު 24 ވަނަ މިނިޓްގައި ޕީއެސްޖީގެ ތިންވަނަ ގޯލްވެސް ކާމިިޔާބުކުރީ ލީޑުނަގައިދިން ރުއިޒްއެވެ. 

87 ވަނަ މިނިޓްގައި ރެއާލްގެ ހަތަރުވަނަ ގޯލް ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައ ނިކުއިން ގޮންކާލޯ ރާމޯސްއެވެ. ނަމަވެސް އޭގެކުރިންވެސް ރެއާލްގެ ކީޕަރު ތިބޯޓް ކޯޓުއާ ވަނީ ރަނގަޅު ދެ ސޭވެއެއް ކޮށް ބޮޑު ލަދަކުން ރެއާލް ސަލާމަތްކޮށްދީފައެވެ.

Advertisement
Advertisement

މުބާރާތަށް އެމެރިކާއަށް ޓީމް ދިޔައީއްސުރެ ސިއްހީގޮތުން ފިޓްނޫން އެމްބާޕޭއަށް އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ރޭގެ މެޗުގައިވެސް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެމްބާޕޭ އާ ނުލާ ޕީއެސްޖީން އެދަނީ މިއަހަރު ދުނިޔޭގެ ޓްރެބަލް ހާސިލްކުރާށެވެ. ފްރެންޗް ލީގާއި, ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ފީފާ ކްލަބް ވޯލްޑްކަޕްގެ ތައްޓާއެކުއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow