ޤައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދައިފި
ޗެމްޕިއަން ވެމްކޯއިން ތަށި އުފުލާލަނީ: ފޮޓޯ-ޙަފްޞީ

ޤައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދައިފި

3 days ago - 08:55
Oct 15, 2024 - 08:55

ޤައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދައިފި އެވެ. ވެމްކޯއިން ޗެމްޕިއަންކަން ހޯދީ ލީގުގެ ފަހު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުން ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ. ފަހު މެޗުގެ ކުރިން ކުޅުނު ހުރިހާ މެޗެއް ޕޮލިހާއި ވެމްކޯއިން ވެސް އޮތީ ކާމިޔާބުކޮށްފައެވެ. ދެޓީމްވެސް ލީގުގެ ފަހު މެޗާ ކުރިމަތިލީ ސެޓެއްވެސް ގެއްލުވާ ނުލައެވެ.

ފަހު މެޗާ ދެޓީމްވެސް ކުރިމަތިލީ ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަތާއެކުއެވެ. ފަހު މެޗުގައި ކޮޅަކަށް ސެޓެއް ގޮން ވެމްކޯއިން ކާމިޔާބު ހޯދީ ވަރަށް ވާދަވެރި ކުޅުމަކަށްފަހުއެވެ. މެޗުގެ ފުރަތަމަ ސެޓް 25-23 ން ގެންދިޔައީ ޕޮލިސް ކްލަބެވެ. އެކަމަކު ދެވަނަ ސެޓް 25-17 ން ވެމްކޯ ގެންދިޔައެވެ. ތިންވަނަ ސެޓް އަނެއްކާވެސް ޕޮލިސް ކްލަބުން ގެންދިޔައީ 25-22 ނެވެ. ހަތަރު ވަނަ ސެޓް 25-21 ން ގެންދިޔައީ ވެމްކޯއިންނެވެ. ފަހު ސެޓް ފަށައިގެން ޕޮލިހށް ޕޮއިންޓެއް ނުދީ ވެމްކޯއިން ފަސް ޕޮއިންޓް ހޯދުމުން, ޕޮލިހުގެ ކޯޗު ސޮފްވާން ފުރަތަމަ ޕޮއިންޓް ހޯދީ ޓައިމް އައުޓެއް ނަގާ, ވެމްކޯ ރޫޅާލައިގެންނެވެ. އެކަމަކު ފަހު ސެޓްގައި ވެމްކޯއިން 7 ޕޮއިންޓްގެއް ލީޑެއްވެސް ނަގާފައިވަނިކޮށް, ޕޮލިސް ކްލަބުން ކުޅުން ރަނގަޅުކޮށް ޕޮއިންޓަކަށްވެސް ކައިރި ކުރިއެވެ. ފަހު ސެޓް ވެމްކޯއިން ގެންދިޔައީ 15-13 ނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ފާތިމަޒު ޖޫޒާން ޒަރީރެވެ. މުބާރާތަކީ އެންމެ މޮޅު ސެޓަރަކީވެސް އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް ޖޫޒާންއެވެ. މުބާރާތުގެ އެހެން ވަނަތައް ހޯދި ކުޅުންތެރިންނަކީ:

Advertisement

- އެންމެ މޮޅު އައުޓްސައިޑް ހިޓާ: ހައްވާ ރާޝިދާ (ޕޮލިސް ކްލަބް)

- އެންމެ މޮޅު އައުޓްސައިޑް ހިޓާ: އައިޝަތު މާޖިދާ (ވެމްކޯ)

- އެންމެ މޮޅު މިޑްލް ބްލޮކަރ: އައިމިނަތު ރިޔާޝާ (ވެމްކޯ)

- އެންމެ މޮޅު މިޑްލް ބްލޮކަރ: މަރިޔަމް އަޒްމާ (ޕޮލިސް ކްލަބް)

- އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިޔާ: އައިމިނަތު ޝަހާ ޝާމިން (ޕޮލިސް ކްލަބް)

- އެންމެ މޮޅު ލިބަރޯ: މައިހާ އަލީ (ޕޮލިސް ކްލަބް)

- އެންމެ އުއްމީދީ ކުޅުންތެރިޔާ: މާޔާ ހުސައިން ސޮލާހު (ވެމްކޯ)

- އެންމެ މޮޅު ކޯޗު: އަހުމަދު އަދީލް (ވެމްކޯ)

- އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ޔަކޮވްލޭވާ އިންނަ (ވެމްކޯ)

ލީގު ބުރުގެ ގަދަ ހަތަރު ޓީމްގެ ތެރޭގައި ހިމެނިގެން ގައުމީ މުބާރާތުން ޖާގަ ހޯދީ ވެމްކޯއާއި ޕޮލިސް ކްލަބްގެ އިތުރުން ވޮލީބޯލް ޔޫތް ނިއުޖެނެރޭޝަން އާއި ހިއްމަފުށި ވިކްޓޯރިއަސް ސްޕޯރޓްސް ކްލަބެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow