ސިޓީން  މާލީ އުޞޫލާ ޚިލާފްވިކަމަށް ތުޙުމަތުކުރާ 115 މައްސަލައިގެ އަޑުއެހުންތައް ހޯމަ ދުވަހު ފަށަނީ
މެންޗެސްޓަރ ސިޓީގެ ޕްރެކްޓިސްގައި ކޯޗު ގާޑިއޯލާ: ފޮޓޯ-ސިޓީ

ސިޓީން މާލީ އުޞޫލާ ޚިލާފްވިކަމަށް ތުޙުމަތުކުރާ 115 މައްސަލައިގެ އަޑުއެހުންތައް ހޯމަ ދުވަހު ފަށަނީ

3 days ago - 07:57
Sep 17, 2024 - 08:06

މެންޗެސްޓަރ ސިޓީން ޕްރިމިއަރ ލީގުގެ މާލީ ޢުސޫތަކާ ޙިލާފްވިކަމަށް ބުނާ މައްސަލަތަކެއް ތަޙްޤީގުކުރަމުންދާތާ ހަތަރު އަހަރު ފަހުން, 2023 ފެބުރުއަރީ މަހު ވަނީ ގޮތެއް ކަނޑައެޅުމަށް މިނިވަން ކޮމިޝަނަކަށް ފޮނުވާފައެވެ.

ތުހުމަތުވާ މައްސަލަތަކަކީ 2009 ން 2018 އާ ދެމެދުގައި ސިޓީން ހިލާފްވިކަމަށް ބުނާ ޕްރިމިއަރ ލީގުގެ މާލި އުޞޫލާ ގުޅޭ މައްސަލަތަކެކެވެ.

ނަމަވެސް ސިޓީން ވަނީ މިހުރިހާ ތުހުމަތުތަކަކަށްވެސް އިންކާރުކޮށްފައެވެ. އަދި ސިޓީން ބުނެފައިވާގޮތުގައި ތުހުމަތުތަކުން ބަރީއަ ވެވޭނެ ސާބިތު ހެކި އެބަހުއްޓެވެ.

ސިޓީން އެލީގުގެ ބައެއް މާލީ އުޞޫލްތަކާ ޙިލާފްވެފައިވާކަމަށް ބުނާ މައްސަލަތަކުގެ ތެރޭގައި ކްލަބުގެ މާލީ ހިސާބުތަކުގެ ތެދު މަޢުލޫމާތު ޙިއްސާނުކުރުމުގެ 54 މައްސަލައެއް ހިމެނެއެވެ. ލީގުން ބުނެފައިވާގޮތުގައި އޭގެ ސަބަބުން ކްލަބުގެ ހަގީގީ މާލީ ހާލަތު ވަޒަން ކުރެވޭނެގޮތެއް ނެތެވެ. މީގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންގެ މުސާރައާ ގުޅޭ ތެދު މަޢުލޫމާތު ނުދިނުމުގެ 14 މައްސަލައަކާއި, ފައިނޭންޝިއަލް ފެއަރ ޕްލޭ އާ ޚިލާފްވެފައިވާ 5 މައްސަލައެއްވެސް ހިމެނެއެވެ. 

Advertisement

މި މަޢުލޫމާތުގެ ތެރޭގައި ސްޕޮންސަރުންގެ ފަރާތުން ލިބޭ އަދަދާއެކު ކްލަބްގެ އާމްދަނީ އަދި ހިންގުމަށް ކުރާ ޚަރަދުވެސް ހިމެނެއެވެ.

ސިޓިން މިކަމުގައި އެއްބާރުލުން ނުދޭ ކަމަށްވެސް ލީގުން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން ތަޙްގީގަށް އެއްބާރުލުން ނުދޭކަމުގެ 35 މައްސަލައެއްވެސް ހިމެނެއެވެ.

ޕްރިމިއަރ ލީގުން ތަޙްޤީގު ފެށުމާއެކު ސިޓީން ވަނީ ތުޙުމަތުތަކަކީ "ކަނޑައެޅިގެން ދޮގެއް" ކަމުގައި ބުނެފައެވެ. އަދި މި ތުހުމަތުތައް ޝާއިއުކުރި ޖަރުމަނުގެ ނޫހަކީ "ޤާނުނާ ޚިލާފަށް ސިޓީގެ އީމެއިލްތައް ހެކް ކޮށްގެން އެ އީމެއިލްތަކުގައިވާ އެއްޗެހި މަޢުލޫއިން ބޭރުން ޝާއިއުކޮށްގެން ހިންގާފައިވާ އަމަލެއްކަމަށް ސިޓީން ވަނީ ބުނެފައެވެ.

ހޯމަ ދުވަހު އަޑުއެހުންތައް ފެށުމަށް ހަމަޖެހިފައިވާއިރު, 10 ވަރަކަށް ހަފުތާއަށް އަޑުއެހުންތައް ދިގުދެމިގެންދާނެކަމަށް ބެލެވެއެވެ. އަޑުއެހުންތައް އޮންނާނީ ލަންޑަނުގެ އިންޓަނޭޝަނަލް ޑިސްޕިއުޓް ރިސޮލިއުޝަން ސެންޓަރުގައެވެ.

އަބޫދާބީ ޔުނައިޓެޑް ގްރޫޕުން 2008 ގައި ސިޓީގެ ހިންގުމާ ހަވާލުވިފަހުން މި މައްސަލައާ ގުޅޭ މުއްދަތުގައި ސިޓީން ވަނީ 2012 އަދި 2014 ގައި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ. އަދި ލީގުގެ ދެވަނަ މަޤާމްވެސް ދެ ފަހަރު ހޯދާފައި ވެއެވެ. 2011 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2014 އަދި 2016 ވަނަ އަހަރުގެ އީއެފްއެލް ކަޕްވެސް މި މުއްދަތުގެ ކާމިޔާބީ ތެރޭގައި ހިމެނެއެވެ. 

އަޑުއެހުންތައް ފެށުމަށް ތާވަލްކޮށްފައިވާއިރު އސިޓީން ވަނީ އެކަމާ ގުޅޭގޮތުން މީޑިއާގައި ވާހަކަދައްކާފައެވެ. 

"އެކަން އަވަހަށް ފެށި އަވަހަށް ނިމޭނެ ކަމަށް އަހަރެން އުއްމީދުކުރަނީ. އަހަރެން އުފާކުރަން ހޯމަދުވަހު އަޑުއެހުންތައް ފަށާތީ. އަހަންނަށް އިނގޭ މިކަމާ ގުޅޭގޮތުން ކުރިއަށް އޮތްތާނގައި ތަފާތު ވާހަކަތައް ފެތުރޭނެކަން. އަހަރެން މިހުރީ އެންމެފަހުން މިކަމުގައި ގޮތެއް ނިންމާނެ ގޮތެއް ބަލަން. ކޮންމެ ގޮތެއްވިއަސް ކޮންމެ މީހަކީވެސް ކުށްވެރިއެއް ކަމަށް ކަނޑައެޅުމާ ހަމައަށް މަޢުޞޫމް މީހެއް" ބީބީސީއަށް ދިން އިންޓަވިއުއެއްގައި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވެއެވެ.

މީގެ ކުރިންވެސް ޔުއެފާއިން ބެލި މިބާވަތުގެ އެހެން މައްސަލައެއް ސިޓީން ވަނީ ކާމިޔާބުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow