ދެކުނު ލުބުނާނުގައި ދިރިއުޅޭ މީހުން އެސަރަޙައްދު ދޫކޮށްދިއުމަށް އަންގާ ލީފްލެޓްތަކެއް! އިޒްރާއިލްގެ އަސްކަރިއްޔާ އިން ހަވާލެއްނުވި!
ދެކުނު ލެބުނާން ރައްޔިތުން ސަރަހައްދު ދޫކޮށް ދަނީ: ފޮޓޯ-އަލްޖަޒީރާ

ދެކުނު ލުބުނާނުގައި ދިރިއުޅޭ މީހުން އެސަރަޙައްދު ދޫކޮށްދިއުމަށް އަންގާ ލީފްލެޓްތަކެއް! އިޒްރާއިލްގެ އަސްކަރިއްޔާ އިން ހަވާލެއްނުވި!

3 days ago - 08:05
Sep 17, 2024 - 08:06

ދެކުނު ލުބުނާނުގައި ދިރިއުޅޭ ރައްޔިތުން އެސަރަހައްދު ދޫކޮށް ދިއުމަށް އަންގާ އެންގެނުންތަކެއް ހިމެނޭ ލީފްލެޓްތަކެއްގައި އަޅައިފިއެވެ. ލީފްލެޓްތައް ފެނިފައި ވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ. އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން ގެންދާ އުދުވާނަށް 11 މަސް ވެފައިވާއިރު އެކަމާ ދެކޮޅަށް ލުބްނާނުގެ މުޖާހިދުން ވެސް އިޒްރާއިލްއަށް ހަމަލާތައްދީފައި ވެއެވެ. ހިޒްބުالله އިން ދޭ ހަމަލާތަކުގެ ރައްދުގައި އިޒްރާއިލްއިން ވެސް ދަނީ ލުބުނާނަށް ހަމަލާދެމުންނެވެ.

ލުބުނާނުގެ ބޯޑަރު ސަރަޙައްދަށް އަޅާފައިވާ ލީފްލެޓްތަކުގައި ރައްޔިތުން އެސަރަޙައްދު ދޫކޮށްދިއުމަށް އަންގާފައިވެއެވެ. ނަމަވެސް އިޒްރާއިލްގެ އަސްކަރިއްޔާއިން އޭއެފްޕީ ނިއުސްއަށް މަޢުލޫމާތު ދީފައިވާގޮތުގައި މިއީ އިޒްރާއިލްގެ އަސްކަރިއްޔާއިން ހުއްދަ ދީގެން އަޅާފައިވާ އެއްޗެއް ނޫނެވެ. އަދި މިއީ ހުއްދަނެތި ސިފައިންގެ ވަކި ޔުނިޓަކުން ކޮށްފައިވާކަމެއް ކަމަށްވެސް އަސްކަރިއްޔާއިން ބުނެފައިވެއެވެ.

ލުބުނާނުގެ ޤައުމީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހުންގެ ދުޝްނަމުން ކަމުގައިވާ އިޒްރާއިލްއިން ދެކުނު ލުބުނާނުގެ ވަޒާނީއަށް އަޅާފައިވާ ލީފްލެޓްތަކުގައި ވަޒާނީ އާއި ވަށާއިގެން އޮތް އަވަށްތަކުންވެސް މީހުން އެސަރަޙައްދު  ދޫކޮށްދާން އަންގާފައިވެއެވެ.

Advertisement

"މި ސަރަޙާއްދުގައި ދިރިއުޅޭ ރައްޔިތުންނާއި ކޭމްޕްތަކުގައި ދިރިއުޅޭ ރެފިއުޖީންނަށް. ތި ސަރަޙައްދުން ހިޒްބުالله އެބަ އަހަރެންމެންނަށް ހަމަލާދޭ. ހަމަ މިހާރު ސަރަޙައްދު ދޫކޮށް މާދަމާ 4 ޖެހުމުގެ ކުރިން ޚާއިމްގެ އުތުރުގެ ހިސާބުތަކަށް ދޭ. ހަނގުރާމަ ނުނިމެނީސް މިސަރަޙައްދަށް އެނބުރި ނާއްނާތި" ޢަރަބި ބަހުން ހުރި ލީފްލެޓްތަކުގައި ވެއެވެ.

އެ ލީފްލެޓްގައި އިތުރަށް ލިޔެފައިވާ ގޮތުގައި ބަޔާންކޮށްފައިވާ ގަޑީގެ ފަހުން އެސަރަޙައްދު ދޫކޮށް ނުގޮސް ހުރި މީހަކީ ޓެރަރިސްޓެކެވެ.

ވަޒާނީ އަކީ ދެކުނު ލުބުނާނުގެ ދަނޑުވެރި އަވަށެކެވެ. އެއަވަށުގައި ސީރިއާއިން ހިޖުރަ ކޮށްފައިވާ ގިނަ އަދަދެއްގެ ރެފިއުޖީން އެކި މަސައްކަތް ނަގައިގެން އެތާނގައި ދިރިއުޅުން ބިނާކޮށްފައިވެއެވެ. ލީފްލެޓް ތަކާގުޅިގެން ސީރިއާގެ ބައެއް ރެފިއުޖީން ވަނީ އެސަރަޙައްދު ދޫކޮށްދާންފަށާފައެވެ. 

ނަމަވެސް ވަޒީނީގެ މޭޔަރު އަޙްމަދު އަލް-މުޙައްމަދު ބުނެފައިވަނީ އެމީހުންނަށް އެސަރަޙައްދު ދޫކޮށްދިއުމަކީ އުނދަގޫ ކަމެއް ކަމުގައެވެ. އެއީ އެތާނގައި ދަނޑުވެރިކަމުގެ ގޮތުގައި ގިނަ އަދަދެއްގެ ގެރިބަކައިވެސް ގެންގުޅޭތީވެ, އެތަކެތި ގޮވައިގެން އެހެން ސަރަޙައްދަކަށް މުއްދަތެއް ނޭނގޭގޮތަށް ދިއުމަކީ ފަސޭފަ ކަމަކަށް ނުވާނެތީއެވެ.

އިޒްރާއިލާ ލުބުނާނުގެ މުޖާހިދުންގެ އެތައް ހަމަލާތަކެއް ފާއިތުވި ދުވަސްތަކުގައި އެސަރަޙައްދުގައި ބަދަލުކޮށްފައިވާއިރު އެތަށްހާސް އާންމުންގެ ބަޔަކު މިހާރުވެސް ވަނީ ސަރަޙައްދު ދޫކޮށް ގޮސްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow