އެއްދުވަހުން ތުއްތު 3 ކުދިން ބަނޑަށް މަރު, މެދުތެރޭ ޣައްޒާއިން މީހުން ހުސްކުރަން އަންގައިފި
އިއްޔެ އަލް ނެސްރް ހޮސްޕިޓަލްގައި ނިޔާވި 3 މަހުގެ ފާޑީ އަލް ނަޖަރް. ފޮޓޯ: ވިއަރ ދި ޕީސް

އެއްދުވަހުން ތުއްތު 3 ކުދިން ބަނޑަށް މަރު, މެދުތެރޭ ޣައްޒާއިން މީހުން ހުސްކުރަން އަންގައިފި

ދިއެރް އެލް-ބަލަޙް ދޫކޮށްދިއުމަށް ޔަހޫދީ ސިފައިން ދަނީ އިންޒާރުދެމުން

7 hours ago - 14:18
Jul 20, 2025 - 16:49

އިޒްރާއިލްއިން ބަނޑައް ޖައްސާފައިވާ ވާ ޣައްޒާގައި ހައިހޫނުކަމުގައި އިއްޔެ އެކަނިވެސް ތުއްތު ތިން ކުދިން  ނިޔާވެއްޖެއެވެ. ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލްގައި އެންމެ 35 ދުވަހުގެ ކުއްޖެއް އެކަށިީގެންވާ ކާނާ ނުލިބުމުގެ ސަބަބުން ނިއުޓްރިޝަން މަދުވެ ނިޔާވިއިރު އެތުއްތު ކުއްޖާއަށް އަދި ނަންވެސް ނުކިޔައެވެ. 

ހަމަ މިވަގުތު އިޒްރާއިލްއިން އަންނަނީ މެދުތެރޭ ދިއެރް-އެލް ބަލަޙްއަށް ސަރަހައްދު ދޫކޮށް ދިއުމުގެ އަމުރު ހިމެނޭ ލީފްލެޓްތަކެއް އަޅަމުންނެވެ. ޓެންޓްތައް ވެސް ހިމެނޭހެން 7 ބްލޮކަކުން މީހުން ހުސްކުރުމުގެ އަމުރު އެ ލީފްލެޓްތަކުގައި ވާކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ. އެސަރަހައްދުތަކަކީ ވިއްސިވިހާލި ވެފައިވާ އެތައްހާސް ރައްޔިތުންނެއް ޓެންޓްތަކުގައި ދިރިއުޅެމުންދާ ސަރަހައްދެއް ކަމަށް ޣައްޒާގެ އަލްޖަޒީރާގެ ނޫސް ވެރިޔާ ހިންދު ޚައުދަރީ ބުނެފައި ވެއެވެ.

އަލްޖަޒީރާއިން ވެރިފައިކޮށްފައިވާ ވީޑިޯގައި ފެންނަ ގޮތުން ޔަހޫދީ ސިފައިން ދިޔައީ އެސަރަހައްދަށް ގިނަ އަދަދެއްގެ ލީފްލެޓް އުކަމުންނެވެ. އޭގައި އަސްކަރިއްޔާއިން ބޮޑު އޮޕަރޭޝަނެއް ފަށަން ތައްޔާރުވެފައިވާތީ ސަރަހައްދު ދޫކޮށްދިއުމަށް ވަނީ އިންޒާރުކޮށްފައެވެ.

ޔަހޫދީ ސިފައިން ކުރިން "ރައްކާތެރި ސަހަރައްދުތަކެއް" ކަމަށް ކަނޑައަޅާައިވާ ސަރަހައްދުތަަކށްވެސް ފާއިތިވި ދުވަސްތަކުގައި ވަނީ އެއްވެސް އިންޒާރެއް ދިނުމެއްނެތި ގިނަ ހަމަލާތަކެއް ދީފައެވެ. ސަރަހައްދު ދޫކޮށް ދިއުމުގެ އަމުރުތަކާއެކު ޣައްޒާގެ ބިމުގެ 86 އިންސައްތަ މިހާރު އޮތީ އިޒްރާއިލްގެ ފުރިހަމަ ބާރުގެ ދަށުގައެވެ.

Advertisement
Advertisement

އިއްޔެ މަލްނިއުޓްރިޝަން ގައި ނިޔާވި ދެވަނަ ކުއްޖަކީ 4 އަހަރުގެ ރަޒާން އަބޫ ޒާހިރް އެވެ. ހައިހޫނުކަމާ ގުޅިގެން ނިއުޓްރިޝަން މަދުވެ ދިމާވިހާލަތެއްގައި ރަޒާން ދުނިޔެ ދޫކުރީ ޣައްޒާ ސިޓީގެ އަލް-އަޤްޞާ މާޓައިރް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ތިންވަނަ ކުއްޖާ ނިޔާވެފައިވަނީ ދެކުނު ޙާން ޔޫނިސްގެ އަލް ނަސެރް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށްވެ. އެއީ 3 މަހުގެ ފާޑީ އަލް ނަޖަރް އެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ނިއުޓްރިޝަން މަދުވުމުގެ ސަބަބުން ޣައްޒާގެ 72 ކުއްޖަކު ހަނގުރާމަ ފެށިފަހުން ނިޔާވެފައިވާކަަށް ކަށަވަރުކޮށްދީފައެވެ.

ހައިހޫނުކަމާއެކު ބަނޑަށްޖެހި, އަދި މަލްނިއުޓްރިޝަން  އާ ގުޅޭ ކަންކަމުގައި ގިނަ އަދަދެއްގެ ކުޑަދިން އެއްފަހަރާ ޣައްޒާގެ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާއިރު, ހޮސްޕިޓަލަށް ގެނެވޭ ކުދިންގެ އަދަދު އިންތިހާއަށް ގިނަވަމުންދާ ކަމަށްވެސް ހުކުރު ދުވަހު ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow