އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކައިން ރައީސްގެ ދަރިކަލުންގެ އަބުރު ގެއްލުނު ކަމަށް ކަނޑައަޅައިފި
ެއެމްޑީޕީގެ އެއްވުމުގައި މަރިޔަމް ޒުބެއިރު ވާހަކަދައްކަނީ

އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކައިން ރައީސްގެ ދަރިކަލުންގެ އަބުރު ގެއްލުނު ކަމަށް ކަނޑައަޅައިފި

ހުކުމް ކުރީ މަރިޔަމް ޒުބެއިރު އާއި ފައްޔާޒުގެ ޣައިރު ހާޒިރުގައި

3 hours ago - 14:59
Jul 20, 2025 - 15:00
Advertisement
Advertisement

އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކައިން ރައީސްގެ ދަރިކަލުންގެ އަނބުރު ގެއްލުނު ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ. ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވާ ގޮތުން މަރްޔަމް ޒުބެއިރު ދައްކާފައިވާ ވާހަކަތަކުން ރައީސްގެ ދަރިކަލުންގެ އަބުރު ގެއްލެއެވެ.

މައްސަލަ ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދެވެ. ކޯޓްގެ ހުކުމުގައި ބުނެފައިވަނީ މައްސަލާގައި ހުށަހަޅާފައިވާ ލިޔެކިލިޔެކިޔުންތަކުން އިއްޒަތާއި އަބުރު ނިގުޅައިގެންފައިވާކަން ސާބިތުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސާޖިދާ މުޙައްމަދުގެ ދަރިކަލުންނަށް ގެއްލުމެއް ލިބިފައިވާނަމަ އެގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްޤު ލިބިގެންވާކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

އެހެންނަމަވެސް މިމައްސަލައާ ގުޅިގެން ޝަރީއަތް ހިންގުމަކާ ނުލާ އެމްޑީޕީއާއި އެޕާޓީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލްގެ މައްޗަށް މިފަދަ އިލްތިޒާމެއް މަތިކުރެވިދާނެ ހަމައެއް ނެތްކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.  

މީގެއިތުރުން މިމައްސަލައާ ގުޅިގެން މަރިޔަމް ޒުބެއިރު ޢާއްމުކޮށް މަޢާފަށް އެދެން އަންގާނެ ހަމައެއް ނެތްކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. މެޑަމް ސާޖިދާ މުޙައްމަދު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ވޭޕް މަނާކުރުމާ ގުޅިގެން އެކަމަނާގެ ދަރިކަލުންނާ ގުޅުވާ އެމްޑީޕީގެ އެއްވުމުގެއްގައި މަރިޔަމް ޒުބެއިރު ދެއްކި ވާހަކައަކާ ގުޅިގެންނެވެ. އަދި އެވާހަކައާ ގުޅިގެން އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

Advertisement
Advertisement

މިމައްސަލާގައި ހުކުމް ކުރީ މަރިޔަމް ޒުބެއިރު އާއި ފައްޔާޒުގެ ޣައިރު ހާޒިރުގައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement