އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނީ މިމަހު 25 ގައި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ . ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނީ މިމަހު 25 ގައި

މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް

5 hours ago - 12:51
Jul 20, 2025 - 12:52

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު, ޝްރީ ނަރެންދުރަ މޯދީ ރަސްމީދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ. ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 25 ވަަނަ ދުވަހުއެވެ.

މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 25 ން 26 ށް ދެ ދުވަހުގެ މުއްތަކަށެވެ. ޖުލައި 26 އަކީ ދިވެހިރާއްޖެ މިނިވަން ވީތާ 60 އަހަރު ފުރޭ ދުވަހެވެ. އަދި މިއީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ 60 އަހަރު ފުރޭ މުނާސަބަތުވެސް މެއެވެ. މިނިވަންދުވަހާ ދިމާކޮށް މޯދީ ރާއްޖެ ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ކުރިންވެސް ވަނީ ދެއްވާފައެވެ. 

މިއީ ރައީސް މުއިއްޒު ހުވާކުރެއްވު ފަހުން މޯދީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި ތިންވަނަ ދައުރަަކަށް އިންޑިއާގެ ބޮޑުވަޒީރު ކަމަށް ހޮވުނު ފަހުން މޯދީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރުވެސް މެއެވެ.

މި ދަތުރުފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި, ސަރަހައްދީ މައްސަލަތަކާ ގުޅޭގޮތުން  ދެ ޤައުމުގެ ވެރިންގެ މެދުގައި މަތީފެންވަރުގެ ބައްދަލުވުންތައްް ކުރިއަށްދާނެކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ. އަދި އެކި ދާއިރާތަކުން ގިނަ ޕްރޮޖެކްޓްތަކާ ގުޅޭ އެމްއޯޔު ތަކުގައި ސޮއުކުރުންވެސް އޮންނާނެއެވެ.

Advertisement
Advertisement

60 ވަނަ މިނިވަންދުވަހާ ދިމާކޮށް ދިވެހިރާއްޖެއިން އަންނަނީ ރާއްޖެގެ މައި ދޮރާށި, ވެލާނާ އިންޓަނޭޝަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމަށް ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މޯދީއަކީ އެރަސްމިއްޔާތަށް ވަޑައިގަންނަވަށް ދެވި ދައުވަތު ޤަބޫލުކުރެއްވިކަން ކަށަވަރުކޮށްދެއްވި ފުރަތަމަ ބޭރުގެ އިއްޒަތްތެރިޔާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow