އުމުރުން 70 އަހަރުގައި މި މާމަ ޣައްޒާއަށްޓަކައި މެޑިޓެރޭނިއަން ކަނޑަށް!
ވިގްޑިސް (ވ) އަދި ހަންޑާލާގެ އެހެން ވަޅުވެރިއެއްކަމަށްވާ ރޮބާޓް. ފޮޓޯ: ރޮބާޓް މާޓިން އިންސްޓަގްރާމް

އުމުރުން 70 އަހަރުގައި މި މާމަ ޣައްޒާއަށްޓަކައި މެޑިޓެރޭނިއަން ކަނޑަށް!

އަހަރެން ޣައްޒާއަށްޓަކައި އެއްވެސް ކަމެއްނުކުރީ ކީއްވެހޭ މާމަ ކުދިން މާދަމާ ނާހާނެ

4 hours ago - 12:12
Jul 20, 2025 - 12:13

ފްރީޑަމް ފްލޮޓީލާ ކޯލިޝަންގެ (އެފްއެފްސީ) 37 ވަނަ މިޝަންގައި އިޓަލީގެ ގެލިޕޯލީން މިއަދު ހަންޑަލާ ދަތުރަށްފަށާއިރު, އޭގައިތިބި 21 ފަޅުވެރިންގެ ތެރެއިން ނޯވޭގެ އުމުރުން 70 އަހަރުގެ މި މާމައަށް މިއީ ޙާއްސަ މިޝަން އެކެވެ.

މިމަހު 13 ވަނަ ދުވަަހު އިޓަލީގެ ސިރާކޫސާއިން ނައްޓާލައިގެން ގެލިޕޯލީގައި ބަނދަރުކުރުމަށްފަހު ހަންޑަލާ އަށް ކަނޑަށްނުފުރި ގިނަދުވަސް ވީ ފުރިހަމަކުރަންޖެހުނު ބައެއް ޓެކްނިކަލް ކަންކަމާ ގުޅިގެންނެވެ. ނަމަވެސް މިއަދު ހަމަ ކުޑަ އިރުކޮޅެެއްގެ ތެރޭގައި މެޑިޓޭރޭނިއަން ކަނޑަށް ބޯޓް ނިކުންނާނެއެވެ. 

ޣައްޒާގެ ކުޑަކުދިންނަށްޓައި ހާއްސަކޮށް ފެށި މި ފަހަރުގެ މިޝަންގެ ވެސް މައިގަނޑު އަމާޒަކީވެސް އިޒްރާއިލްއިން ނުހައްޤުން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އިންސާނީ އެހީއަށް ޢައްޒާ ހުޅުވާލުމެވެ. މި މިޝަން އާއެކު ހަންޑަލާގައި މިވަގުތު ހުރި ވިގްޑިސް ޔޯވާންޑްއަށް މިއީ އާ ކަމެއްނޫނެވެ.

1978 ން ފެށިގެން ފަލަޞްޠީނުގެ ހައްޤުގައި ވަކާލާތުކުރަމުންދާ ވިގްޑިސް އެފްއެފްސީގެ ބޯޓް ހަންޑަލާގައި 2023 ވަނަ އަހަރުވެސް ކަނޑަށް ނިކުތެވެ. އެފަހަރުވެސް ބޯޓް ވަނީ ވަކި ހިސާބަކުން ހުއްޓުވާފައެވެ. މިއަހަރުގެ މެއި މަހު އެފްއެފްސީގެ މިޝަންގައި 'ކޮންސައިންސް' ނަމަކަށް ކިޔާ ބޯޓް ފުރިއިރު އޭގައިވެސް ވިގްޑިސް ހުއްޓެވެ. ނަމަވެސް އިޒްރާއިލްގެ ޑްރޯން ހަމަލާއެއް އަރާ ބޯޓް ހަލާކުވެ އެދަތުރުވެސް ހުއްޓުނީއެވެ.

Advertisement
Advertisement

އެހެންކަމުން އަނެއްކާވެސް ހަންޑަލާގައި ފެށި މިދަތުރަށް އެރުމަކީ އެތައްދުވަހެއްވަންދެން ވިގްޑިސް ކުރަމުން ދިޔަ އިންތިޒާރެއްގެ ނިމުމެވެ. ޣައްޒާއަށް ބޭނުންވާ ބޭހާއި, ޒަރޫރީ އިންސާނީ އެހީ އާއެކު ދެގޮތެއްނުވެ ފަލަޞްޠީނާއެކު ހުރިހުރުން ދުނިޔެއަށް އެތައް މެސެޖެއް ދެމުން މެޑިޓެރޭނިއަން ކަނޑުގެރާޅުތައް ކަފާ ޣައްޒާއަށްޓައި ބަޔަކު އެބަ ހިތްވަރު ކުރާކަށް ޣައްޒާގެ އައްސޭރިއަށް ބީއްސާލާ އެރާޅުތައް ބުނެދޭނެއެވެ.

"އަހަރެމެން ބޭނުމެއްނޫން އަހަރެންގެ މާމަދަރިން މާދަމާ އަަހަރެންކައިރީ މާމަ ޣައްޒާއަށްޓަކައި އެއްވެސްކަމެއް ކޮށްނުދިނީ ކީއްވެހޭ އަހާކަށް" ވިގްޑިސް ބުންޏެވެ.

ސަރުކާތުތަކުން ޣައްޒާގެ މައްސަލައަށް ކަނު ލޮލެއް ދީގެން, އަހަރެމެންގެ ހަނުކުރުން ޣައްޒާގެ އެތައް ކުޑަކުދިންނެއް ބަނޑަށް މަރަމުން ދާއިރު 70 އަހަރުގެ މި މާމަ އަނެއްކާވެސް އެނިކުތީ އަނިޔާވެރި ސަހްޔޫނީންނާ ޗެލެންޖުކުރާށެވެ. ޣައްޒާގެ ކުޑަކުދިންނަށްޓަކައެވެ. ޣައްޒާގެ ރައްޔިތުންނަށް ހައްޤު އިންސާފާއި ދިރިހުރުމުގެ ހައްޤު ކަށަވަރުކޮށްދިނުމަށް އޮތް ދިގު ދަތުރުގެ ފުރަތަމަ މަރުހަލާ ކަޑައްތުކުރާށެވެ. ފުރާނައަށް ބެލުމެއްނެތިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow