
މިނިސްޓަރ ސައީދުގެ ބައްޕާފުޅު އަވަހާރަވެއްޖެ
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދުގެ ބައްޕާފުޅު، ހއ.ތުރާކުނު, ވިނަރެސް ސަޢީދު ޢަބްދުﷲ، އަވަހާރަވެއްޖެއެވެ.
މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޤަދަރުވެރި ބޭފުޅެކެވެ. އެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ އެއީ ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށެވެ.
މިނިސްޓަރ ސައީދުގެ ބައްޕާފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ޚަބަރު އެއްސެވީ ނުހަނު ފުންހިތާމައާއެކު ކަމަށެވެ.
މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ރައީސް މުއިއްޒު ވަނީ ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.
"މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލަހައްޓަވާށިއެވެ. އާމީން." ރައީސް ވިދާޅުވިއެވެ.
ރިއެކްޝަންސް






