އާންމުންނަށް ކެނޑިޑޭޓުންނާ ސުވާލުކުރުމުގެ ފުރުސަތު ފަހިކޮށްދެނީ

އާންމުންނަށް ކެނޑިޑޭޓުންނާ ސުވާލުކުރުމުގެ ފުރުސަތު ފަހިކޮށްދެނީ

"މަޖިލިސް 2024" ބަހުސްގައި ކެންޑިޑޭޓުންނާ ޢާންމުނަށް ކެންޑިޑޭޓުންނާ ސުވާލުކުރުމުގެ ފުރުޞަތު ފަހިކޮށްދީފި

10 months ago - 20:41
Feb 1, 2024 - 21:04
Advertisement
Advertisement

"މަޖިލިސް 2024" ބަހުސްގައި ކެންޑިޑޭޓުންނާ، ޢާންމުނަށް ކެންޑިޑޭޓުންނާ ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ޢަމާޒުކޮށް، މަޖިލީހުގެ ހުރިހާ ދާއިރާއެއްގެ ބަހުސް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ ތެރޭގައެވެ.

މިފަހަރުގެ ބަހުސްގައި ފެންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ޢާންމުނަށް ކެންޑިޑޭޓުންނާ ސުވާލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

އެގޮތުން 93 ދާއިރާގެ ބަހުސް ބޭއްވުމަށް ޕީއެސްއެމުން ވަނީ ނިންމާފައެވެ.

Advertisement
Advertisement

"މަޖިލިސް 2024" ބަހުސް އިފްތިތަޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ، ބަހުސެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ބޭނުންވާ ސުވާލުތަކުގެ ޖަވާބު އެ ބަހުސް މެދުވެރިކޮށް ލިބޭނެގޮތެއް ހެދުންކަމަށެވެ.

މިފަހަރު އެ ފުރުޞަތު ފަހިކޮށްދެއްވުމަށް ނިންމެވީކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އަދި އާންމުން ފޮނުވާ ސުވާލުތަކުގެ ތެރެއިން އެންމެ ރަނގަޅު ސުވާލުތަކުގެ ޖަވާބު ކެންޑިޑޭޓުން މެދުވެރިކޮށް ޢާންމުންނާ ހަމައަށް ގެނެސްދެއްވާނެކަމަށް ޒީނާ ވިދާޅުވިއެވެ.

ޕީއެސްއެމުން މީގެ ކުރިންވެސް މިފަދަ ބަހުސްތައް އިންތިޒާމުކޮށް ކުރިއަށް ގެންގޮސްފައިވީނަމަވެސް، މިއީ ޢާންމުންގެ ސުވާލަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިފަދަ ފުރަތަމަ ބަހުސެވެ.

މަޖިލިސް ބަހުސް ބޭއްވުމަށް ޕީއެސްއެމުން އަންނަނީ ތައްޔާރުވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement